މޫސުން ރަނގަޅުވާނީ ބުދަ ދުވަހުން ފެށިގެން ކަމަށް މެޓުން ލަފާކޮށްފި
ބުދަ ދުވަހުން ފެށިގެން ރާއްޖޭގެ ބޮޑު ހިސާބަކަށް މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން މިއަދު ލަފާކޮށްފިއެވެ. މެޓުން ބުނީ ކުރިއަށްއޮރް 24ގަޑިއިރަށް ބަލާއިރު އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. ދެކުނުގެ ރަށްތަަކަށް މޫސުން ގޯސްނުވި ނަމަވެސް ކޮންމެސް ވަރަކަށް ކެރީގެ އަސަރުކުރާނެކަމަށާއި ގިނަ ވަގުތު މޫސުން އޮންނާނީ ރީތިކޮށްކަމަށް މެޓުން ބުންޏެވެ. މެޓުން ބުނީ ހުރިހާ ހިސާބަކަށް ވެސް ވައިގެ ބާރުމިނުގައި އަށް މޭލާއި 18މޭލާ ދެމެދުގެ ބާރުމިނެއްގައި ހުންނާނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވެދާނެކަމަށް ލަފާކުރެވޭކަމަށެވެ. މެޓުން ލަފާކުރާގޮތުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ. މި ހަފުތާގެ މޫސުމަށް ބަލާއިރު އުތުރާއި މެދުރާއްގެތެރޭގެ ރަށްތަކަށް މިއަދާއި މާދަމާ ވިއްސާރަ ކުރާނެކަމަށް ބެލެވޭއިރު ބުދަ ދުވަހުގެ ފަހުން މޫސުން ރީތިވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މެޓް އޮފީހުން ބުނީ، ބުދަ ދުވަހުން ފެށިގެން މޫސުން މަޑުމަޑުން ރަނގަޅުވާން ފަށާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބުދަ ދުވަހުގެ ދަހުން ކަނޑުތައް ވެސް މަޑުވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ