ހައްޖާޖީންގެ ކާޑަށް އިތުރު 1،750 ޑޮލަރުގެ ލިމިޓެއް ދެނީ

މި އަހަރު ރާއްޖެ އިން ހައްޖަށްދާ މީހުންނަށް ޑޮލަރު ހޯދުމަށް ލުއި ފަސޭހަކޮށްދިނުމަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެބިޓު ކާޑު މެދުވެރިކޮށް ޑޮލަރު ލިބޭ ލިމިޓް އިތުރުކުރަން ނިންމާފައިވާކަން ރައީސް މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފި އެވެ.
ބުނީ ކީކޭ؟ - ރައީސް މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ:
މި އަހަރު ހައްޖަށް ދާ މީހުންނަށް ބޭންކުގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމަށް ލުއި ފަސޭހަ ހައްލެއް ހޯދައިދިނުމަށް ޑެބިޓު ކާޑަށް ލިބޭ 250 ޑޮލަރުގެ އިތުރަށް 1،750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައިދިނުމަށް އެދިފައިވާނެ 
އެއާއެކު ހައްޖުވެރިންގެ ޑެބިޓު ކާޑުން 2،000 ޑޮލަރުގެ މުއާމަލާތް ކުރެވޭނެ 
ރައީސް ވަނީ ރައްޔިތުންގެ ބޭންކުގެ ގޮތުގައި ބީއެމްއެލް އިން ކުރާ މަސައްކަތް ފާހަގަ ކުރައްވާ ޝުކުރު އަދާކުރައްވައިފަ އެވެ.
ފާހަގަ ކުރެވޭ - މި އަހަރުގެ ރޯދަ މަހު އުމްރާ އަށް ދިޔަ މީހުންނަށް ލުއިފަސޭހައަކަށް ބީއެމްއެލް މެދުވެރިކޮށް ޑެބިޓް ކާޑުގެ ލިމިޓު ވަނީ އިތުރުކޮށްދީފަ އެވެ. އެގޮތުން ޑެބިޓް ކާޑަށް ލިބޭ 250 ޑޮލަރުގެ އިތުރުން 1،500 ޑޮލަރުގެ ލިމިޓެއް އޭރު ހަމަޖައްސައިދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ