މާލޭ ކުރިކީލަ މަގުގައި ބިދޭސީއަކަށް ރޭ ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ވީކިހިނެއް؟ - ފުލުހުން ބުނި ގޮތުގައި އެ ހާދިސާ ފުލުހަށް ރިޕޯޓްކުރީ ރޭ ދަންވަރު 12 ޖަހަން އުޅެނިކޮށެވެ.
ތަފްސީލް - މި ހަމަލާގައި އަނިޔާވެފައިވަނީ ނޭޕާލް ފިރިހެނަކަށެވެ. އެ ގޮތުން:
އޭނާއަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗްގައި
ހާލު އެހާ ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނޭ
މި މައްސަލާގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ. ބިދޭސީ މީހާއަށް ހަމަލާދިނީ ދިވެހިންގެ ބަޔަކު ކަމެއް ނޫނީ ބިދޭސީ ބަޔަކު ކަމެއް ވެސް، އެހެންވެ ސާފެއް ނޫނެވެ.
ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
މާލެ މަގުމަތީގައި ބިދޭސީއަކަށް ހަމަލާ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ