މިސްކިތްތަކުގެ ޖަމާއަތް އިތުރުކުރުމާއި، އިސްލާމީ ރިވެތި އަހްލާގް ކުދިންގެ ހިތްތަކުގައި އަށަގެންނެވުމުގެ މަގްސްދުގައި މީދޫ އަވަށު އޮފީހާއި ޔޫސުފް ނާއިބް ފައުންޑޭޝަން ގުޅިގެން “ކޮންމެ ކުއްޖަކީ މިސްކިތުގެ އަހުލުވެރިއެއް” ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެއް މަސްދުވަހުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމްގައި އަމަލީގޮތުން ވުޟޫކުރަން ދަސްކޮށްދިނުމާއި، ނަމާދުގައި ކިޔާ ތަކެއްޗާއި ހަރަކާތްތަކުގެ އިތުރުން އިސްލާމީ ރިވެތި އަދަބުތައް ކުދިންނަށް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިޕްރޮގްރާމްގައި ކުދިންނަށް އުނގަންނައި ދެނީ މީދޫގެ މިސްކިތްތަކުގެ އިމާމުންނާއި ޝައިޚުންނެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު 7 އަހަރާއި 16 އަހަރާއި ދެމެދުގެ ފިރިހެން ކުދިންނަށް ހުޅުވާލާފައިވާއިރު މިޕްރޮގްރާމް ކުރިއަށް ގެންދެވޭނީ ސެންޓަރ ފޮރ ޝަމްސުއްދީން އިސްލާމިކް ލާރނިން ސެންޓަރ ގައެވެ.
މިޕްރޮގްރާމް ގައި ކުދިން ބައިވެރިކުރެއްވުމަށް ޝައުގުވެރިވާ ބެލެނިވެރިން އެޕްރީލް 30 ވަނަ ދުވަހުގެ 14:00 ގެ ކުރިން 7786362 ނުވަތަ 778904 ނުވަތަ 9954042 އަށް ގުޅައިގެން ނަން ނޯޓު ކުރެވޭނެއެވެ.
އަތޮޅުތެރޭ ޤުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމް އަންނަ މަހު ފަށަނީ އުރީދޫ ނޭޝަންގެ އިންޓާ ރިސޯޓް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް ގައި ބައިވެރިވުމަށް ހުޅުވާލައިފި ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންގެ އަސާސީ ތަމްރީނު ކޯސް 27 ފުލުހުންނާއެކު ފަށައިފި ރާއްޖެއާއި އިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ