ބަޔާން ހިތްދަތިކޮށްލައި އިންޓަ ޗެމްޕިއަންސް ލީގުގެ ސެމީ އަށް ބަޔާން ހިތްދަތިކޮށްލައި އިންޓަ ޗެމްޕިއަންސް ލީގުގެ ސެމީ އަށް

މިލާން (އޭޕްރީލް 17) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލު އަމިއްލަ ދަނޑުގައި މި ފަހަރު ކުޅުމަށް ބަޔާން މިއުނިކުން ކުރި އުއްމީދުތަކަށް ނިމުމެއް ގެެނެސް، އިންޓަ މިލާނުން މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅެނީ ބަޔާންގެ ދަނޑު، އަލިއާންޒް އެރީނާގަ އެވެ. ކުއާޓާ ފައިނަލުގައި އިންޓަ އަތުން ބަލިވެ، ކެޓުމުން އަމިއްލަ ދަނޑުގައި ފައިނަލް ކުޅުމަށް އަނެއްކާ ވެސް ކުރި އުންމީދުތައް ފުނޑުފުނޑުވީ އެވެ.
ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި، ބަޔާން ދަނޑުގައި އިންޓަ ވަނީ 2-1 އިން މޮޅުވެފަ އެވެ. މިރޭ އިންޓަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުގެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ދެ ލެގަށް ބަލާއިރު، އިންޓަ އިން ކުރިހޯދީ 4-3 އިންނެވެ.
މިލާނުގެ ސެން ސީރޯގައި މިރޭ ކުޅުނު މެޗުގައި ލީޑުނެގީ ބަޔާނުންނެވެ. ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނިޓްގައި، މެޗުގެ 52 ވަނަ މިނިޓްގައި، ބަޔާނަށް ލީޑުނަގައިދިނީ ލެއޯން ގޮރެޓްޒްކާ ދިން ބޯޅައަކުން ހެރީ ކޭން އެވެ.
ބަޔާނުން ލީޑުނެގި ފަހުން، މާ ލަސްތަކެއް ނުވެ، އިންޓަ އިން ވަނީ ގާތްގާތުގައި ދެ ގޯލު ޖަހައި، ނަތީޖާ އަނބުރާލައިފަ އެވެ. އެ ގޮތުން އިންޓަ އިން އެއްވަރުކުރީ 58 ވަނަ މިނިޓްގައި ލައުޓާރޯ މާޓީނޭޒް ޖެހި ގޯލުންނެވެ. އަދި، އޭގެ ތިން މިނިޓް ފަހުން، ބެންޖަމިން ޕަވާޑް ވަނީ ގޯލު ޖަހައި، އިންޓަ އަށް ލީޑުހޯދައިދީފަ އެވެ.
މެޗުގައި ބަޔާނަށް އެއްވަރުކޮށްދިން ގޯލު ޖެހީ، 76 ވަނަ މިނިޓްގައި އެރިކް ޑަޔާ އެވެ. މިއީ، ސާޖް ގްނަބްރީ ދިން ބޯޅައަކުން ޑަޔާ ޖެހި ގޯލެކެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި އިންޓަ އިން ކުޅޭނީ ބާސެލޯނާއާ އެވެ. އިންޓަ އިން 2010 ވަނަ އަަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު، ސެމީ ފައިނަލުގައި ވަނީ ބާސެލޯނާ ކަޓުވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ