މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން ފައިސާ ޗާޕުކުރުމަކީ އެ އޮތޯރިޓީގެ މައިގަނޑު މަގުސަދު ކަމުގައިވާ ޕްރައިސް ސްޓެބިލިޓީއާ ހިލާފު ނިންމުމެއް ކަމަށް އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު ކަމުން އިސްތިއުފާ ދެއްވި އަހުމަދު އިމާދު އިއްޔެ ވިދާޅުވި އެވެ.
އިމާދު ޑެޕިއުޓީ ގަވަރުނަރުކަމުން އިސްތިއުފާ ދެއްވީ ފައިސާ ޗާޕުކުރަން އޭނާ ތާއީދު ނުކުރައްވާތީ މަސައްކަތްކުރައްވަން ހުރަސްއަޅާފައި ވަނިކޮށެވެ. އަދި އޭނާއަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ކަމަށް ބުނެ އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވެސް ހުށަހަޅާފައި ވަނިކޮށެވެ.
އިމާދު އިސްތިއުފާ ދެއްވަމުން ނެރުއްވި ބަޔާނުގައި ބަޔާންކުރައްވާފައިވާ ގޮތުގައި މި ދަނޑިވަޅުގައި އިގުތިސޯދުގެ ރިއަލް ސެކްޓާއިން ރަނގަޅު ކުރިއެރުންތަކެއް ލިބިމުންދިޔަ ނަމަވެސް, ފިސްކަލް ސެކްޓަރާއި މަނިޓަރީ ސެކްޓަރުގައި ގޮންޖެހުންތައް އަދިވެސް ނުހަނު ބޮޑެވެ.
ހާއްސަ ގޮތެއްގައި އިމާދު ފާހަގަކުރެއްވީ ދައުލަތުގެ ބޭރުގެ ދަރަނި އިތުރުވަމުންދާއިޔުމެވެ. އޭނާ ވިދާޅުވީ ގޮތުގައި މިއީ މެކްރޯ އިކޮނޮމިކް ހަމަޖެހުމަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމެކެވެ.
އޭގެ އިތުރުން މާލީ ސެކްޓަރާ ގުޅޭ ގޮތުން އިމާދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ދޫކޮށްފައިވާ ދަރަނީގެ ރިސްކު މަތިވެ, މި ރިސްކުތައް ކުޑަކުރުމަށް ޓަކައި, ޕްރޫޑެންޝަލް ރެގިއުލޭޓަރި ފިޔަވަޅުތައް އަޅަން މަޖުބޫރުވާ ކަމަށެވެ. އަދި ޑޮލަރުގެ އަގު ހިފެހެއްޓުމަށް ޓަކައި ހިފެހެއްޓިފައިވާ (ޓައިޓް) މަނިޓަރީ ފައިސާގެ ސިޔާސަތުތައް ގެންގުޅެން ލާޒިމުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުލާސާކޮށް އިއްޔެ: އިމާދު ވިދާޅުވީ ފައިސާ ޗާޕްކުރުން ގޯސްކަމަށް ހުލާސާކޮށް އިއްޔެ: އިމާދު ވިދާޅުވީ ފައިސާ ޗާޕްކުރުން ގޯސްކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ