މާލޭގައި 40 އަހަރުގެ މީހަކަށް ވަޅިން ހަމަލާދީ، ޒަޚަމުކޮށްލައިފި
މާލޭގައި 40 އަހަރުގެ މީހަކަށް ހަމަލާދީ، މިރޭ ޒަޚަމުކޮށްލައިފިއެވެ. މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، 20:35 ހާއިރު ސަބްދެލިމަގު ޗާންދަލިއާ ކައިރީގައި ހުރި 40 އަހަރުގެ ދިވެހި ފިރިހެނެއްގެ ގަޔަށް ވަޅިން ހަމަލާ ދީ ޒަޚަމުކޮށްލި މައްސަލައެއް ރިޕޯޓުކޮށްފައިޗާ ކަމަށެވެ. އެގޮތުން، ޒަޚަމްވި މީހާއަކީ މަސްތުވާތަކެތީގެ ރެކޯޑު އޮތް މީހެއް ކަމަށް ފުލުހުން ބުނި ނަމަވެސް، މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ހާމައެއް ނުކުރެއެވެ. ފުލުހުން އަންނަނީ މި މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ. މިކަމާ ގުޅިގެން މިހާތަނަށް އައިޖީއެމްއެޗުގެ ބަހެއް ލިބިފައެއް ނުވެއެވެ. މާލޭގައި މާރާމާރީތަކުގެ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ. އެގޮތުން، މިދިޔަ މަހު 21ގައި ވެސް މީހުންނަށް ހަމަލާ ދޭން އުޅުނު ކަމުގެ ދެ މައްސަލައެއް ފެންމަތިވެ، ފުލުހުން ތަހުގީގު ކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ