މެޑިސިން ސުކޫލު ގައުމީ ޔުނިވާސިޓީގެ މައި ކެމްޕަހަށް ބަދަލު ކުރުމުން ލިބޭނެ ފައިދާ ބޮޑު

"މި ގެނެވޭ ބަދަލުގެ ސަބަބުން މެޑިކަލް ސުކޫލުގައި ކިޔަވާ ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިކަލް ލެބުތަކުންދެވޭ އެއްވެސް ހިދުމަތަކަށް ބުރޫނާރާނެ ގޮތަށް އެ އިންތިޒާމު މި ޔުނިވާސިޓީގައި ގާއިމު ކުުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ،"
ގައުމީ ޔުނިވާސިޓީގެ މައި ކެމްޕަހަށް މެޑިކަލް ސުކޫލު ބަދަލު ކުރީ އެކަމުން ލިބޭނެ ފައިދާ ބޮޑުވާނެތީ ކަމަށް އެ ޔުނިވާސިޓީން ބުނެފި އެވެ.
ގައުމީ ޔުނިވާސިޓީން މިހެން ބުނެފައި ވަނީ އެ ނިންމުމާއި ގުޅިގެން ހަގީގަތް އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާތީ އެކަމާއި ގުޅިގެން މިރޭ ނެރުނު ބަޔާނެއް ގައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ގައުމީ ޔުނިވާސިޓީގެ މެޑިކަލް ސުކޫލު ދަރުމަވަންތަ ހޮސްޕިޓަލް ގައި ގާއިމު ކުރީ ވަގުތީ ގޮތުން ކަަމަށެވެ. އެ ސުކޫލު ދަރުމަވަންތާގައި ގާއިމު ކުރީ 2018 ވަނަ އަހަރު އެވެ.އެ ހޮސްޕިޓަލުގެ ހިދުމަތް ފުޅާކޮށް އާންމު ރައްޔިތުންނަށް ކަންކަން ފަސޭހަކުރުމަށް އިތުރު ޖާގަ ބޭނުންވާތީ މެޑިކަލް ސުކޫލުގެ ވަސީލަތްތައް ގައުމީ ޔުނިވާސިޓީގެ މައި ކެމްޕަހަށް ބަދަލު ކުރަން ނިންމީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ކުރާނެ ފައިދާ ބޮޑުވާނެ ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ވެސް ބަޔާނުގައި ވެ އެވެ."މި ގެނެވޭ ބަދަލުގެ ސަބަބުން މެޑިކަލް ސުކޫލުގައި ކިޔަވާ ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިކަލް ލެބުތަކުންދެވޭ އެއްވެސް ހިދުމަތަކަށް ބުރޫނާރާނެ ގޮތަށް އެ އިންތިޒާމު މި ޔުނިވާސިޓީގައި ގާއިމު ކުުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ،"މީގެ އިތުރުން ދަރިވަރުންނަށް ހޮސްޕިޓަލުން ލިބެން ޖެހޭ އަމަލީ ތަޖުރިބާތަށް ކުރިއެކޭ އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލުން ފޯރުކޮށްދޭނެ ކަމަށް ވެސް ބުންޏެވެ. އަދި ގައުމީ ޔުނިވާސިޓީޣެ މެޑިކަލް ސުކޫލު ހުޅުމާޅޭގައި އެޅުމަށް ސަރުކާރުން ގެންދަނީ އެ ޔުނިވާސިޓީއާއެކު އަމަލީ ގޮތުން މަސައްކަތް ކުރަމުން ކަމަށް ވެސް ބަޔާނުގައި ވެއެވެ.އެ ޔުނިވާސިޓީން ބުނީ ކަންކަން އަބަދުވެސް އިންތިޒާމު ކުރަމުން ދަނީ ދަރިވަރުންގެ ކިޔެވުމަށް ބުރޫނާރާނެ ގޮތަށް ކިޔެވުމުގެ ފެންވަރު ހިފެހެއްޓުމަށް ކަމަށާ ދަރިވަރުންގެ ރައްކާތެރިކަމާއި ހެވާ ލާބަ ކަށަވަރު ކުރުމަކީ ޔުނިވާސިޓީގެ އެންމެ އިސް ވާޖިބު ކަމަށެވެ. އަދި އެދުނީ އާންމުންގެ މަސްލަހަތު ގުޅިފައިވާ މިފަދަ މުހިންމު ކަމުގައި ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ނުފެތުރުމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ