އަންހެން ހެދުން އަޅަނީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ދަށުން - ޔާޔާ ނަބީލް

މީސް މީޑިއާގައި އަންހެން ހެދުން އަޅައި ބަރަހަނާ ފޮޓޯ އާންމު ކުރަމުން ގެންދަނީ ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ދަށުން ކަަމަށް އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފުވަމުންދާ މައްސަލައިގައި ހައްޔަރު ކުރި މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.
މީސްމީޑިއާގައި ފާޅުކަން ބޮޑު ގޮތެއްގައި އަންހެން ހެދުން އަޅައިގެން މޭކްއަޕްކޮށްގެން ފޮޓޯތައް އަޕްލޯޑް ކުރަމުން އަންނަ ނަބީލުގެ މައްސަލަ ފުލުހުން ދެވަނަ ފަހަރަށް ބަލަން ފަށާފައިވަނީ އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު މީސްމީޑިއާގައި ފާޅު ކުރުމުންނެވެ. އެ މައްސަލައިގައި ފުލުހުން އޭނާ ހައްޔަރު ކުރީ އިއްޔެއެވެ.
އޭނާގެ ބަންދުގެ މުއްދަތު ޖަހަން މިއަދު ކޯޓަށް ގެންދިއުމުން ކޯޓުން 15 ދުވަސް ޖަހާފައިވާއިރު، އޭނާގެ ބަންދު އަމުރުގައިވާގޮތުން އެ މައްސަލައާ ގުޅުން ހުރި ހެކިތައް ތުހުމަތު ކުރެވޭ މިންވަރަށް ހުށަހަޅާފައި ވެއެވެ. އަދި އޭނާ އަކީ އެބާވަތުގެ ކުށުގެ ރެކޯޑް އަޮންނަ މީހެއް ކަމަށްވެސް ބުނެފައި ވެއެވެ.
އަމުރުގައި ބުނެފައި ވަނީ އޭނާއަކީ މިބާވަތުގެ މައްސަލައެއްގައި މީގެ ކުރިންވެސް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ މީހެއް ކަމަށެވ.
"މީނާ މި ކަންކުރަނީ މީނާއަށް ލިބިދޭ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ދަށުން ކަމަށް މީހާ ބުނެފައިވޭ،". ކޯޓު އަމުރުގައި ވެއެވެ.
މީގެ ކުރިން ޔާޔާ ނަބީލް މީސް މީޑިއާގައި ބަރަހަނާވި މައްސަލައަކާ ގުޅިގެން ވެސް ހައްޔަރު ކުރިއެވެ. އޭނާ މިފަހަރު ހައްޔަރުކޮށްފައި މިވަނީ އެ މައްސަލައިގައި އެއް އަހަރަށް ޖަލަށްލި ހުކުމް ތަންފީޒުކޮށް ނިމުމުން މިނިވަންވެފައި ހުއްޓައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ