އިސްރާއީލްގައި ހުންނަ އަލްޖަޒީރާގެ އޮފީސް ބަންދު ކުރަނީ

ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް ކަމަށްވާ އިސްރާއީލުގައި ހުންނަ އަލްޖަޒީރާގެ އޮފީސް ބަންދު ކުރުން އިސްރާއީލުގެ ސަރުކާރުން ފާސްކޮށްފިއެވެ.
ދުނިޔޭގެ އެންމެ ނަން މަޝްހޫރު މީޑިއާތަކުގެ ތެރޭގައި ހިމެނޭ އަލްޖަޒީރާ، އިސްރާއީލުގައި ބަންދު ކުރުމަށް އެގައުމުގެ ސަރުކާރުން ފާސްކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މިގޮތަށް ފާސް ކުރުމާއި އެކީ އަލްޖަޒީރާ އަރަބިކް ވެސް އެގައުމުގައި ދެން ނުފެންނާނެއެވެ.
އިސްރާއީލުގެ ކެބިނެޓުން އެކަން ފާސްކޮށްފައިވަނީ ޣައްޒާއާއި ދެކޮޅަށް އިސްރާއީލުން ކުރަމުން އަންނަ ހަނގުރާމައިގައި ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބެލެވޭ ބޭރުގެ ބްރޯޑްކާސްޓަރުން ވަގުތީ ގޮތުން ބަންދު ކުރެވޭ ގޮތަށް އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުން ޤާނޫނެއް ފާސްކޮށްފައިވަނިކޮށެވެ.
ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ގަތުލު އާންމު ހިންގަމުން އަންނަ މި ދުވަސްވަރު އަލްޖަަޒީރާގެ ހުރިހާ އެޑިޝަނެއް ބަންދު ކުރަން ނިންމުމާއި އެކީ އެސަރަހައްދުގައި ހިނގާ އެއްވެސް ކަހަލަ ކަމެއް އަލްޖަޒީރާއަކަށް ދެން ނުދެއްކޭނެއެވެ. އަދި ޚާއްސަކޮށް އިސްރާއީލުން ހިންގަމުން އަންނަ ލާއިންސާނީ އަމަލުތައް ވެސް ނުދެއްކޭނެއެވެ.
އިސްރާއީލާއި ޣައްޒާއާއި ދެމެދު ކުރެވެމުން އަންނަ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތު އަލްޖަޒީރާއިން ދައްކަމުން އަންނައިރު، ނިރުބަވެރިން ވަނީ އެނޫހުގެ ބައެއް ނޫސްވެރިން ވެސް ޝަހީދުކޮށްލާފައެވެ. އަދި ހަމަލާތައް ކަވަރު ނުވާނެހެން ދަތި ކުރުމުގެ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ