މައުމޫނު ފުރުން މަނާކޮށް، މަނީ ލޯންޑެރިންގެ މައްސަލައިގެ ތަހުގީގު ފަށައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު، އަބްދުﷲ މައުމޫނު ރާއްޖެ އައުމުން އޭނާ ފުރުން މަނާކޮށް، އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައި އޮތް މަނީ ލޯންޑެރިންގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.މައުމޫން ރާއްޖެ އައިސްފައި މިވަނީ ފުލުހުން އޭނާގެ މައްސަލަތަކެއް ތަހުގީގުކުރަނިކޮންނާއި އޭނާގެ މައްޗަށް ދައުލަތުން ދައުވާތަކެއް އުފުލާފައިވާތީ އޭނާ ހައްޔަރުކޮށްގެން ރާއްޖެ ގެނައުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށެވެ.އެ މައްސަލައިގައި އޭނާގެ މައްޗަށް ހަތް ދައުވާއެއް ކޮށްދިނުމަށް އޭސީސީން އެދިފައިވެ އެވެ. އެއީ،ދައުލަތުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާމަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާކުށެއް ކުރަން އެދުމުގެ ދައުވާކުށެއް ކުރުމަށް ރޭވުމުގެ ދައުވާރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ދައުވާއެ 3.1 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް ވެސް އޭސީސީން ވަނީ ނިންމައިފަ އެވެ.ހިޔާނާތުގެ އެ މައްސަލަ ޕީޖީން ވަނީ ކޯޓަށް ފޮނުވައިފަ އެވެ. އެ މައްސަލައިގެ އެޑުއެހުމެއް ޖޫން މަހު ތާވަލް ކުރި އެވެ. ނަމަވެސް އެ އަޑުއެހުން ކެންސަލް ކުރި އެވެ.މައުމޫންގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ތެރެއިން ކޮންމެ ދައުވާއެއްގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ހަތް ދައުވާއަށް ޖުމުލަ އެއީ ގާތްގަނޑަކަށް 22 އަހަރާއި ތިން މަހުގެ މުއްދަތެކެވެ. މާނައަކީ ހުރިހާ މައްސަލައެއް ސާބިތުވެއްޖެ ނަމަ 22 އަހަރުގެ ހުކުމެއް މައުމޫންގެ މައްޗަށް އައުމުގެ ފުރުސަތު އެބައޮތެވެ. މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މައުމޫން ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ޔާމީންގެ ވެރިކަން ނިމުމާ އެކު މައުމޫނަށް ކުރެވުނު ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކާ ގުޅިގެން އޭނާ ވަނީ އެ ދުވަސްވަރު ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފަ އެވެ. އޭގެފަހުން ރާއްޖެ އައިސްފައި މިވަނީ ދާދި އިހަށް ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ