ޚަރަދު ކުޑަ ކުރަން އަމުރުކޮށް ސާކިއުލާ ނެރެ, ސަރުކާރުގެ އެއްވެސް އޮފީހަކުން އެއްވެސް އާ ވަޒީފާއެއް ނުދޭން އެންގުމަށްފަހު, މިއަދު އެކަނިވެސް ބާރަށު ދާއިރާގެ ކެނޑިޑޭޓް ޝުޖާއުގެ ކެމްޕޭނަށް ނިކުންނަށް ޝަރުތުކޮށް 13 މީހަކަށް ފެނަކައިން ވަޒީފާ ދީފިފިއެވެ.
މިއަދާއި ދިމާކޮށް ބާރަށު ދާއިރާގެ ރަށްތަކުން ފެނަކަ ކުންފުންޏަށް 13 މީހަކު ވަޒީފާއަށް ނެރެފައިވަނީ ރައީސް މުއިއްޒު އެދާއިރާއަށް ޒިޔާރަތް ކުރާތީ މުއިއްޒުއަށް މަރުހަބާ ކިޔަން ވީހާ ގިނަ ބަޔަކު ބަނދަރަށް ނެރުމަށްކަމަށްވެސް “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.
އެގޮތުން ބާރު ދާއިރާއަށް ކުރިމަތިލާ ޝުޖާއުގެ ކެމްޕޭނަށް ނިކުންނަށް ޝަރުތުކޮށް ފެނަކައިން ވަޒީފާ ދީފައިވާ މީހުންގެ ތެރޭގައި އެ ދާއިރާގެ މުރައިދޫން 9 މީހަކާއި, އުތީމުން 5 މީހަކު ހިމެނެއެވެ.
ޝުޖާއުގެ ކެމްޕޭނަށް ނިކުންނަށް ޝަރުތުކޮށް މިއަދު 13 މީހަކަށް ފެނަކައިން ވަޒިފާ ދީފައިވާއިރު, މިސަރުކާރު ވެރިކަަމަށް އައުމަށްފަހު އެތައް ސަތޭކަ މުވައްޒަފަކު ވަނީ ފެނައިގެ ވަޒީފާތަކުން ވަކިކޮށްފައެވެ.
ވެރިކަމަށް ވަޑައިގަންނަވަން ކެމްޕޭން ކުރައްވަމުން ޑރ. މުއިއްޒު ވިދާޅުވެފައިވަނީ, ކުންފުނިތަކުގައި މަސައްކަތް ކުރަމުންދާ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާނެ ކަމުގައެވެ. އަދި ސިޔާސީ ގޮތުން އެއްވެސް މުވައްޒަފަކަށް އަނިޔާއެއް ނުދޭނެކަމަށްވެސް މުއިއްޒު ވަނީ ވައުދު ވެފައެވެ.
އެހެންނަމަވެސް ބަރަކާތްތެރި ރޯދަމަސް ކުރިޔަށް އޮށްވާ ރައީސް މުއިއްޒުގެ އެންގެވުމަށް ފެނަކައިން ވަނީ އެކުންފުނީގެ އެތައް ސަތޭކަ މުވައްފުންނެއް ވަޒީފާއިން ވަކިކޮށް, އެ މުވަޒަފުން މަގުމަތިކޮށް ހާލުގައި ޖައްސާފައެވެ. އަދި ކުންފުނިތަކުގެ މުވައްޒަފުންގެ ތެެރެއިން, ޕީއެންސީގެ މަޖިލިސް ކެމްޕޭނަށް ތާއީދު ނުކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ބިރު އެކުންފުނިން ދަނީ ދައްކަމުންނެވެ.
އޭގެ އިތުރުން މިހާރު މުއިއްޒު އަންގަވައިގެން ފިނޭންސް މިނިސްޓްރީން ވަނީ އެއްވެސް އާ ވަޒީފާއެއް ސަރުކާރުގެ އެއްވެސް އޮފީހަކަށް ނުނެގުމަށާއި މުވައްޒަފުންގެ މުސާރައަށްވެސް ކުރިއެރުން ނުގެނައުމަށް އަންގާފައެވެ.
ސަރުކާރުގެ އެއްވެސް އޮފީހަކަށް އާ އެއްވެސް މުވައްޒަފަކު ނުނެގުމަށް އެންގުމަށްފަހު މުއިއްޒު ގެންދަވަނީ ސިޔާސީ މަގާމްތަކަށް އެއްވެސް ހިފެހެއްޓުމެއް ނެތި މީހުން އައްޔަން ކުރައްވަމުންނެވެ.
ޚަރަދު ކުޑަ ކުރަން އަމުރުކޮށް ސާކިއުލާ ނެރެ, އެއްވެސް އޮފީހަކަށް އާ މުވައްޒަފަކު ނުނެގުމަށް އެންގުމަށްފަހު, މިއަދު އެކަނިވެސް ބާރަށު ދާއިރާގެ ކެނޑިޑޭޓް ޝުޖާއުގެ ކެމްޕޭނަށް ނިކުންނަށް ޝަރުތުކޮށް 13 މީހަކަށް ފެނަކައިން ވަޒީފާ ދީފި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ