މި ފަހަރުގެ ޢީދުގައި ވެސް މާލޭގައި ހަވީރު ވެހިކަލް ދުއްވުން މަނާ

މި ފަހަރުގެ އަޟްޙާ ޢީދު ދުވަހު ވެސް، މާލޭގެ މަގުތަކުގައި ހަވީރު އުޅަނދު ދުއްވުން، މާލެ ސިޓީ ކައުންސިލުން މަނާކޮށްފިއެވެ.
މިއަދު ކުރިއަށްގެންދިޔަ މާލެސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ނިންމާފައިވަނީ، އީދު ދުވަހުގެ ހަވީރު 4 އިން 6 އަށް ވެހިކަލް ދުއްވުން މަނާކުރުމަށެވެ.
އަދި ކުއްލި ހާލަތުގައި ދަތުރުކުރަން ހާއްސަ ސްޓިކާއެއް ކައުންސިލުން ދޫކުރާނެ ކަމަށް ވަނީ ބުނެފައެވެ.
އެ ސްޓިކާ ލިބޭނީ ކައުންސިލުގެ އާންމު ހިދުމަތާއި ބެހޭ ބައިން ކަމަށް ކައުންސިލުން ބުނެއެވެ.
އާންމުގޮތެއްގައި އީދު ދުވަސްތަކުގެ ހަވީރަކީ މާލޭގައި ހަމައެކަނި ފައިމަގުގައި އުޅެވޭ ވަގުތެއްކަމުގައި ކަނޑައަޅައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ