މާލޭގެ ކަރަންޓް ކޭބަލްތަކެއް ވަގަށް ނަގައިފި

މާލޭގެ ކަރަންޓް ކޭބަލްތަކެއް ބުރިކޮށްގެން ވަގަށް ނަގައިފި އެވެ.
މިކަމާ ގުޅޭ ގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ސޯޝަލް މީޑިއާގައި ވިދާޅުވީ ގެއްލުން ދިނީ މަޖީދިއްޔާ ސްކޫލް ސަރަޙައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކަކަށް ކަމަށެވެ.
"އޭގެ ތެރެއިން އެއް ކޭބަލް ބުރިކޮށް، ނެގުމަށް ފަހު އަނެއް ކޭބަލް ބުރިކުރުމަށް މަސައްކަތްކޮށްފައިވޭ." އޭނަ ވިދާޅުވި އެވެ.
މަޖީދިއްޔާ ސްކޫލް ސަރަޙައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކުގެ ތެރެއިން އެއް ކޭބަލް ބުރިކޮށް، ނެގުމަށްފަހު އަނެއް ކޭބަލް ބުރިކުރުމަށް މަސައްކަތްކޮށްފައި. pic.twitter.com/kZ9goecigK
— Hussain Fahmy (@HussainFahmy09) July 2, 2024
ސްޓެލްކޯ އިން ބުނީ މިކަމާ ގުޅިގެން މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރުގެ އަބަދަށްފެހި މަގާއި، މެދުޒިޔާރަތްމަގު، ކަޅުހުރާ މަގު އަދި ކަރަންކާ މަގުގެ ބައެއް ގެތަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
އަދި އާ ކޭބަލެއް އަޅައި ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ތަންތަނަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުން ބުންޏެވެ.
ފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގެ ކަރަންޓް ކޭބަލްތައް ބުރިކޮށްގެން ވަގަށް ނެގުމާއި ގެއްލުން ދިނުން ފަދަ ކަންކަން ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. މިފަދަ ހާދިސާއެއްގައި ދާދި ފަހުން ހުޅުމާލެ އިން މީހަކު މަރު ވެސް ވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ