މިއަދު އިރުއޮއްސި 6 އާ ހަމައަށް މުޅި ރާއްޖޭގެ ކަނޑުތަށް ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މިއަދުގެ މޫސުން ލަފާކޮށް އެ އިދާރާއިން ބުނީ މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށާއި މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށެވެ.
ވައިޖެހޭނެކަމަށް އެ އިދާރާއިން ލަފާކުރަނީ ހުޅަނގާއި ހުޅަނގު އުތުރުން މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 18 މޭލާއި 28 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު 13 މޭލާ 23 މޭލު ބާރުމިނުގައިކަމަށާއި ވިލާގަނޑުގައި 45 މޭލާއި 50 މޭލަށް ވައިގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިންވަނީ ލަފާކޮށްފައެވެ.
މެދުރާއްޖެތެރެއާއި އުތުރަށް ކަނޑުތައް ވަރަށް ގަދަވާނެކަމަށާއި ދެކުނުގެ ކަނޑުތައްވެސް ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތުދެއެވެ.
ރާޅުގެ އުސްމިން ހުންނާނެކަމަށް އެ އިދާރާއިން ލަފާކުރަނީ މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތަކުގައި 7 ފުޓާއި 9 ފޫޓުގެ އުސްމިނުގައި އަދި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތަކުގައި 5 ފޫޓާއި 7 ފޫޓުގެ އުސްމިނުގައެވެ.
ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދަ އަރާފާނެތީ ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިންވަނީ މިއަދުވެސް އިލްތިމާސްކޮށްފައެވެ.
ހުޅަނގު މޫސުމުގެ ބާރު ގަދަވެ މުޅި ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ރައްޔިތުންނަށް އެހީވުމަށް ދައުލަތުގެ އިދާރާތައްވަނީ ސަމާލުކަމަށް އައިސްފައެވެ.
އިރުއޮއްސި 6 އާ ހަމައަށް މޫސުން: ކަނޑުތައް ވަރަށް ގަދަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ