މަސްވެރިންގެ މުޒާހަރާއިން ހައްޔަރުކުރި މީހުން ވަގުތުން ވަގުތަށް ދޫކޮށްލަން މަސައްކަތްތެރިންގެ ހައްގުގައި ވަކަލާތުކުރާ ބައިނަލްއަގުވާމީ ލޯޔަރުންގެ ޖަމިއްޔާއިން ގޮވާލައިފި އެވެ.
އިންޓަނޭޝަނަލް ލޯޔާސް އެސިސްޓިން ވޯކާސް ނެޓްވޯކް (އައިއެލްއޭޑަބްލިއު) އިން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއަށް ފޮނުވި ސިޓީއެއްގައި ބުނީ ބޮޑު ކަންނެލި މަސްވެރިންގެ ހައްގުގައި ނުކުމެ ކުރި އިހުތިޖާޖުގެ ބައިވެރިންގެ ތެރެއިން ބަޔަކު ހައްޔަރުކުރުމަކީ ދިވެހިރާއްޖެއިން 2023 ގައި ސޮއިކޮށްފައިވާ އައިއެލްއޯ ކޮންވެންޝަންއާ ހިލާފު ކަމެއް ކަމަށެވެ.
"މި އަމަލަކީ ދިވެހިރާއްޖެއިން 2013 ވަނަ އަހަރު ސޮއިކޮށްފައިވާ އައިއެލްއޯ ކޮންވެންޝަން 87، އާ ހިލާފުކަމެއް، އެހެންކަމުން މި ވަގުތު ހައްޔަރުކޮށްފައި ތިބި ހުރިހާ އެންމެން ވަގުތުން ވަގުތަށް ދޫކޮށްލުމަށާއި ތިރީގައި މި ބަޔާންކުރާ ހައްގުތައް ކަށަވަރުކޮށްދިނުމަށް ގޮވާލަމެވެ،" އައިއެލްއޭޑަބްލިއު ގެ ސިޓީގައި ބުންޏެވެ.
އެ ސިޓީގައި ބުނީ މަސްވެރިންގެ މުޒާހަރާގެ ތެރެއިން 30 އަކަށް މީހުން ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީން ހިމެނޭ ކަމަށް އެ ސިޓީގައި ބުންޏެވެ.
ގައުމަކަށް ގަވާއިދާ ހިލާފަށް އެތެރެވާ ބިދޭސީންގެ މައުލޫމާތު އެއްކޮށް އެ ކަންކަން ބެލެހެއްޓުމަކީ ސަރުކާރުގެ ޒިންމާއެއް ނަމަވެސް، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން މަސައްކަތްތެރިންނަށް ލިބިދޭ ހައްގުތަކުން އެއްވެސް މީހަކު މަހުރޫމު ނުކުރެވޭނެ ކަމަށް އެ ސިޓީގައި ބުންޏެވެ.
އައިއެލްއޭޑަބްލިއު އިން ވަނީ މަސްވެރިންގެ މުޒާހަރާތަކާ ގުޅިގެން ހައްޔަރުކުރި ހުރިހާ އެންމެންގެ މައުލޫމާތު ހާމަކޮށް އެ މީހުންނަށް ދިފާއުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރަށް ގޮވާލައިފަ އެވެ. އަދި، ހައްޔަރު ކޮށްފައި ތިބި ނު ގަވާއިދުން އުޅޭ ބިދޭސީން، ގަވާއިދުގެ ތެރެއަށް ވަދެވޭނެ ގޮތް ހަދައިދީ އެ މީހުންގެ މަސައްކަތަށް އަލުން ރުޖޫއަވެވޭނެ މަގު ފަހިކޮށްދިނުމަށް ވެސް އެ ސިޓީގައި ގޮވާލައިފައިވެ އެވެ.
ސުލްހަވެރިކަމާއެކު އިހުތިޖާޖުކުރާ މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުންފަދަ އަދަބުތައް ދިނުން ހުއްޓައިލުމަށް ވެސް އެ ސިޓީގައި ގޮވާލައިފައިވެ އެވެ.
މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލަން މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއިން ގޮވާލައިފި މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލަން މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއިން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ