މީހަކުދެކެ ރުޅިއައިސް އެއްޗެތިގޮވަން ބޭނުންވިނަމަވެސް އެކަން ނުކުރުމަކީ ޘަވާބު ފުނިވަރެއް ދެއްވަވާނެ ކަމެއް!: މުފްތީ މެންކް

ރުޅިއައުމުން އެމީހަކަށް އެއްޗެތިގޮވަން، އެމީހަކަށް ނުބައި ބަސްތައް ބުނަން ބޭނުންވެވޭނެއެވެ. އެއީ ޝައިޠޯނާ އެކަމަށް ހިތްވަރުދޭތީއެވެ. ބުނަން ހެއްޔެވެ؟ އެގޮތަށް އެރުމަކުން ފާފައަކަށް ނުވެއެވެ. އެއީ ފާފައެއް ކަމަކަށް ނުވެސް ލިޔުއްވަވާނެތެވެ. އަދި އެކަން ނުކުރުމުން އެއީ ކުރެވުނު އަޅުކަމެއް ކަމުގައި ލިޔުއްވަވާނެތެވެ. 
ވީމާ މީހަކަށް ނުބައި ބަސްތައް ބުނަން ހިތަށް އެރިނަމަވެސް އެކަން ނުކޮށް އެކަމަކީ ތިމާއަށްޓަކައި ޘަވާބު ތަކެއް ލިޔުއްވަވާނެ ކަމަކަށް ހަދާށެވެ. އެކަން ކުރެވެން އެބައޮތްކަން މިބުނެދިނީއެވެ.  
ދެން އޮތީ އެއިގެ އަނެއްކޮޅެވެ. އަނެކާ ނުބައި ބަސްތައް ބުނުމުން ރައްދުގައި އެފަދަ ބަހެއް ބުނެފިނަމަ މުހިންމީ އޭނާ ބުނި ނުބައި ބަހެއް ނޫނެވެ. ތިމާއަށް ބުނެވޭ ނުބައި ބަހެވެ. ސަބަބަކީ ބުނެވުނު ނުބައި ބަސްތަކަކީ ކުރެވުނު ބޮޑު ފާފަތަކެއް ކަމުގައި ލިޔުއްވަވާނެތީއެވެ 
މިގޮތަށް ވިސްނާށެވެ! ޝައިޠޯނާގެ ވަސްވާސްތަކުގެ ސަބަބުން ނުބައި ބަސްބުނުމަށާއި ފާފަކުރަން އަބަދުވެސް ހިތަށް އަރާނެއެވެ. ނަމަވެސް އެކަން ނުކުރުމުން މިބުނި ޘަވާބު ދެއްވަވާނެތެވެ. މިއީ އަޅުކަންކުރަން އުފުލަން ޖެހޭ ބޮޑު ބުރަ ނުއުފުލައި ގިނަ ގުނަ ޢަދަދަކަށް ޘަވާބު ހޯދެން އޮތް މަގެކެވެ. މިމަގުން ކަންތައް ކުރެވިފައިވާނަމަ އެކަމުން އެމީހަކަށް ދެއްވަވާ ޘަވާބުގެ ބޮޑެތި  ފުނިވަރުތައް ފެނުމުން އުފަލުން ހިތް ފުރިގެންދާނެއެވެ. އިން ޝާ ﷲ
 
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ