ކުމުންދޫ ކަރާ ދަނޑުތަކަށް ބަޔަކު ގެއްލުންދީފި

ހދ ކުމުންދޫ ކަރާ ދަނޑުތަކަށް ރޭ ބަޔަކު ގެއްލުންދީފި އެވެ.
ރޭ ވަގުތެއްގައި ކުމުންދޫގެ ކަރާ ދަނޑުތަކަށް ބަޔަކު ވަދެ ކަރާތައް ހަލާކޮށް ދަނޑުގައި ބޭނުންކުރާ ބައެއް ސާމާނަށްވެސް ގެއްލުންދިނެވެ.
އެގޮތުން ތިން ދަނޑަށް ގެއްލުންދީފައިވެ އެވެ. ކުމުންދޫ ރައީސް އަމީން މުހައްމަދު ވިދާޅުވީ، ތިން ދަނޑަށް ދިން ގެއްލުމުގެ އަގަށް ބަލާއިރު ގާތްގަނޑަކަށް 15000 ރުފިޔާ އަރާނެ ކަމަށެވެ.
މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
ކުމުންދޫ ކަރާ ދަނޑުތަކަށް ބަޔަކު ރޭ ދިން ގެއްލުން--ފޮޓޯ: ކުމުންދޫ ކައުންސިލް
ކުމުންދޫ ކަރާ ދަނޑުތަކަށް ބަޔަކު ރޭ ދިން ގެއްލުން--ފޮޓޯ: ކުމުންދޫ ކައުންސިލް
ކުމުންދޫ ކަރާ ދަނޑުތަކަށް ބަޔަކު ރޭ ދިން ގެއްލުން--ފޮޓޯ: ކުމުންދޫ ކައުންސިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ