ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީއެންއެފްގެ ދާއިމީ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟- މިދިޔަ އަހަރުގެ އޭޕްރީލް މަހު ރަޖިސްޓްރީކުރި ޕީއެންއެފްގެ ފުރަތަމަ އިންތިހާބު މި ބާއްވަނީ، ޕާޓީގެ ގައުމީ ޖަލްސާއާ އެކު މި މަހުގެ 30ގަ އެވެ.
ކުރިމަތިލުމަށް ހުޅުވާލާފައިވާ މަގާމުތައް:
ޕާޓީގެ ރައީސް
ދެ ނައިބު ރައީސް
ސެކްރެޓަރީ ޖެނެރަލް
ހަޒާންދާރު
ސެނެޓްގެ 14 މެމްބަރުން
އެ ޕާޓީން ބުނީ މަގާމުތަކަށް ޝަރުތު ހަމަވާ މީހުން، މި މަހުގެ 23ގެ ކުރިން ފޯމު ހުށަހެޅުމަށެވެ.
ޕީއެންއެފުން އެންމެ ފުރަތަމަ ބޮޑު ޖަލްސާއެއް ބާއްވާފައިވަނީ، މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި އާޓިފިޝަލް ބީޗުގަ އެވެ. އޭގެ ބޭރުން ދެން މިހާތަނަށް ޖަލްސާތައް ބާއްވަމުން އަންނަނީ، ޕީއެންއެފް އޮފީސް ހުންނަ، ޔާމީންގެ ގެކޮޅު، ހ. ދޫވެހީގަ އެވެ.
އެނގުން މުހިއްމު- ޕީއެންއެެފްގެ ފުރަތަމަ އިންތިހާބަށް ކުރިމަތި އެލަނީ ޔާމީންގެ ޝަރީއަތްތަކެއް ވެސް ކްރިމިނަލް ކޯޓާއި ސުޕްރީމް ކޯޓުގައި ކުރިއަށް ދާ ދަނޑިވަޅެއްގަ އެވެ. އޭގެ ތެރެއިން އެއް ޝަރީއަތުގައި ދެން އޮންނާނީ ހުކުމް އިއްވުމެވެ.
ޕީއެންއެފްގެ ރައީސް އާއި އެހެން މަގާމުތަކަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ