ޑްރަގުގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް!
ޑްރަގުގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާއި ދެކޮޅަށް ހާއްސަކޮށްގެން މިއަދު އޮޕަރޭޝަނެއް ފަށައިފި އެވެ.އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހަދަން ސަރުކާރުން ކުރާ މަސައްކަތުގައި، ޑްރަގުގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ހާއްސަކޮށްގެން މިއަދު އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންނަށް އަންގަވާފައި ވާނެ ކަމަށެވެ."... އެއްވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަން ބަލައި ފާސްކުރެވޭ މިއޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާނެ،" ރައީސްގެ ޕޯސްޓުގައިވެ އެވެ.މި އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން ބުނީ 'އޮޕަރޭޝަން އަލިމަގު'ގެ ނަމުގައި އޮޕަރޭޝަން ކުރިއަށް ގެންދަނީ އިންޓެލިޖެންސް މައުލޫމާތުގެ މައްޗަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭ ގޮތަށް ކަމަށެވެ. އެގޮތުން:އޮޕަރޭޝަން ފެށީ މިއަދު ހެނދުނު 5:30ގައިސްޕެޝަލައިޒްޑް ޑިޕާޓުމެންޓުތަކާއި ރީޖަންތަކުން ވިލަރެސްކޮށް އެކުލަވާލާފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100އަށް ވުރެ ގިނަ ތަނުގައި އެއް ވަގުތެއްގައި ތަންތަން ބަލައި ފާސްކޮށް، ގާނޫނު ތަންފީޒު ކުރުމުގެ އަމަލީ މަސައްކަތް އަންނަނީ ކުރަމުންފުލުހުން ބުނީ މިއީ މި ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ ހަރަކާތް ކަމަށެވެ.މިއީ ރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި އެ ވިއުގަތައް މުޅިން ނައްތާލުމަށާއި މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ