އޭދަފުށި ކަޕް: ފުރިހަމަ ރެކޯޑަކާ އެކު ހުސް ސޮނގުން ސެމީ އަށް އޭދަފުށި ކަޕް: ފުރިހަމަ ރެކޯޑަކާ އެކު ހުސް ސޮނގުން ސެމީ އަށް

ބ. އޭދަފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އޭދަފުށި ކަޕް 2025 ގައި ހުސް ސޮނގުން ފުޓްބޯޅަ ޓީމުން ކުޅުނު ދެ ވަނަ މެޗުގައި، އާޖީލަކަށް އޭދަފުށި އެކަޑަމީ އަތުން 7-1 އިން މޮޅުވެ، ފުރިހަމަ ރެކޯޑަކާ އެކު ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
އާޖީލަކަށް އޭދަފުށި ޓީމުގައި މެޖޯރިޓީ ތިބީ 16 އަހަރުން ދަށުގެ ކުޅުންތެރިންނެވެ. އެ ޓީމާ ދެކޮޅަށް ކުޅުނު މެޗުގައި، ހުސް ސޮނގުންގެ ލަނޑުތައް ޖަހައިދިނީ، އިބްރާހީމް އޮލަޑިމޭޖީ ޖިމޯ ހެޓްރިކަކާއި އަލީ އިރުފާދު (އިރުއްޕެ)، ޝާފިއު މުހައްމަދު، މުހައްމަދު އަޖުފާން އަދި ސާއިދު އަބޫބަކުރު އެވެ.
މި މެޗުގައި ހުސް ސޮނގުންގެ ގިނަ ހަމަލާތަކެއް ހުއްޓުވުމުގައި، އާޖީލަކަށް އޭދަފުށީގެ ގޯލްކީޕަރު، 13 އަހަރުގެ އަލީ ނައުހާން މޫސާ އިމްރާން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި މެޗުގައި އާޖީލަކަށް އޭދަފުށީގެ ގޯލު ޖެހީ، މުހައްމަދު އާލަމް އަކްރަމް އެވެ. މިއީ ހިލޭ ޖެހުމަކުން ޖެހި ގޯލެކެވެ.
ގްރޫޕް ބީގައި ހުސް ސޮނގުން ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓް ހޯދިއިރު، ދެން މި ގްރޫޕްގައި އޮތް ސީސީ އާއި އާޖީލަކަށް އޭދަަފުށި އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ހަ ޓީމާ އެކު ކުރިއަށްދާ އޭދަފުށި ކަޕްގެ ސެމީ އަށް ދެން ދަތުރުކޮށްފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން، ވެލާ ސްޕޯޓްސް ކްލަބް އެވެ. މިއަދު ކުޅޭނީ ގްރޫޕް އޭގެ ފަހު މެޗުގައި، އިރުމަތި އެފްސީ އާއި މިޑްލް އީސްޓް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ