އިތިއޮޕިއާގެ އަލިފާން ފަރުބަދައެއްގެ ދުން އިންޑިއާއަށް، ބައެއް ފްލައިޓްތައް ކެންސަލް

އިތިއޯޕިއާގެ އަލިފާން ފަރުބަދައެއް ގޮވައި، އެރި ދުމުގެ އަސަރު އިންޑިއާއަށްކޮށް، ބައެއް އެއާލައިންތަކުގެ ފްލައިޓްތައް ކެންސަލްކޮށްފިއެވެ. އިންޑިއާގެ އެއާލައިންސް އެއާ އިންޑިއާއާއި އަކާސާ އެއާއިން ފްލައިޓްތައް ކެންސަލްކުރީ ދުމުގެ ސަބަބުން އޮޕަރޭޝަންތަކަށް ބުރޫއެރުމުންނެވެ. އެޑިސް އަބާބާގެ އިރުއުތުރުން ގާތްގަނޑަކަށް 800 ކިލޯމީޓަރު (500 މޭލު) ދުރުގައި އޮންނަ އިތިއޮޕިއާގެ އަފާރު ސަރަހައްދުގައި އޮންނަ ހެއިލީ ގުބީ އަލިފާން ފަރުބަދަ 12،000 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ގޮވައި ފެތުރުނު ބޯ ދުމުގެ އަސަރު އެތައް ހާސް ކިލޯމީޓަރު ދުރަށް ކޮށްފައިވެއެވެ. އެ ފަރުބަދަ ގޮވުމުގެ ސަބަބުން އެތައް ހާސް ކިލޯ މީޓަރު ދުރަށް ދުމުގެ އަސަރު ކޮށްފައިވޭ. ފޮޓޯ/އަނަދޮލު އޭޖެންސީ އެކަމާ ގުޅިގެން މިއަދާއި މާދަމާ ހިމެނޭހެން 11 ފްލައިޓެއް ކެންސަލްކޮށްފައިވާ ކަމަށް އެއާ އިންޑިއާއިން ބުނެއެވެ. އަކާސާ އެއާއިން ބުނީ މެދުއިރުމަތީގެ ގައުމުތައް ކަމަށްވާ، ޖިއްދާ، ކުވައިތު، އަދި އަބޫދާބީ ފަދަ މަންޒިލްތަކަށް މިއަދާއި މާދާމައަށް ޝެޑިއުލްކޮށްފައިވާ ފްލައިޓްތައް ވެސް ކެންސަލްކޮށްފައިވާ ކަމަށެވެ. ފްރާންސްގެ ޓޫލޫސް ވޯލްކެނިކް އެޝް އެޑްވައިޒަރީ ސެންޓަރު (ވީއޭސީ)އިން ބުނާ ގޮތުގައި އެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާވެފައެއްނުވެއެވެ. ޔަމަން، އޮމާން، އިންޑިއާ، އަދި ޕާކިސްތާނުގެ އުތުރަށް ވެސް ދުމުގެ އަސަރުކޮށްފައިވާ ކަމަށް ވީއޭސީން ބުނެއެވެ. ފޯކާސްޓް މޮޑެލްތަކުން ދައްކާ ގޮތުގައި، އެ ދުމުގެ އަސަރު އިންޑިއާގެ ގުޖުރާތާއި ދިއްލީއާއި ރާޖަސްތާނާއި ޕަންޖާބު އަދި ހަރްޔާނާއަށް ކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ