ރައީސްގެ ޚާއްސަ ފަރިއްކޮޅެއް ފަލަސްތީނުގެ ޒުވާން ޓީމަށް

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ފަލަސްޠީނުގެ 17 އަހަރުންދަށުގެ ފުޓްބޯޅަ ޓީމަށް މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފިއެވެ. މި ފަރިއްކޮޅު އޮތީ މިއަދު މެންދުރު ހޮޓެލް ޖެންގެ ބޯލްރޫމުގައެވެ. މި ޓީމު ރާއްޖެއަށް މިކުރާ ދަތުރަކީ އޭއެފްސީ ފުޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ ކޮލިފައިންގައި ބައިވެރިވުމުގެ ކުރިން ތަމްރީނު ކޭމްޕެއްގައި ބައިވެރިވުމަށް ކުރާ ދަތުރެކެވެ. މި ދަތުރުގައި މިޓީމު ވަނީ ރާއްޖޭގެ 17 އަހަރުންދަށުގެ ޓީމާއެކު ރަޙުމަތްތެރިކަމުގެ ދެމެޗު ކުޅެފައެވެ. ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ރައީސުލްޖުމުހޫރިއްޔާގެ ނައިބު އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަތީފު ވަނީ، މިމެޗުގެ ސުވެނިއަރ ޓިކެޓު ބައްލަވައިގެންފައެވެ. މި މެޗުތަކުން ލިބުނު ހުރިހާ ފައިސާއެއް ހަދިޔާކޮށްފައި ވަނީ ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ފަލަޞްޠީނުގެ ފުޓުބޯޅަ އެސޯސިއޭޝަނަށެވެ. މި ފަރިއްކޮޅުގައި ސަރުކާރުގެ އިސްވެރިންނާއި، ދިވެހިރާއްޖޭގެ 17 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމުވެސް ބައިވެރިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ