ހުރިހާ އަންހެނުންވެސް ކިޔައިލާތި!: ކައިވެނިނުކޮށް ރަހަބަލައިލަން ބޭނުންވާ މީހުންނަށް ދޭން އޮތް އެންމެ ފުރިހަމަ ޖަވާބުދިން އަންހެނެއްގެ ވާހަކަ-

މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ހިއްޞާކުރި، އޭނާ އާއި ކުރިމަތިވި ކަމެއްގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ. މިބާވަތުގެ މަކަރުވެރިން ވަރަށް ގިނަކަން އެންމެންނަށްވެސް އެނގެއެވެ. ތިބާގެ ޢިއްފަތްތެރިކަން ގެއްލުވާލަން ހީލަތްތެރި ގޮތްގޮތަށް މަސައްކަތްކުރާ މީހުންގެ ކިބައިން ސަލާމަތްވެވޭނީ އެމީހުންނަށްވުރެ ތިއަ ކަނބަލުން ހޭލުންތެރިވެގެންނެވެ. 
އެކަކު އަނެކަކަށް އެނގޭ ދެމީހުންނެވެ. ދެމީހުންވެސް ތިބީ ކައިވެނި ނުކޮށެވެ. ފިރިހެން މީހާއަކީ އޮފީހެއްގައި ވަޒީފާ އަދާކުރާ މީހެކެވެ. މީހުންގެ ކުރިމަތީގައި ވަރަށް ރަނގަޅު މީހެއްކަމަށް ދައްކައިގެން އުޅޭ މީހެކެވެ. ފިރިހެން މީހާ ގުޅާފައި އަންހެން މީހާގެ ގާތުގައި އެދުނީ ކައިވެނިކުރަން ރުހުމަށެވެ. އަންހެން މީހާ އެކަމަށް ރުހުނެވެ.  
ދެން ފިރިހެން މީހާ ހުށަހެޅީ އެއް ރޭ އޭނާއާއިއެކު ރޭކުރުމަށެވެ. ނުވތަ އެއްދާން ކުރުމަށެވެ. އެއީ ކީއްކުރަންތޯ އަންހެން މީހާ ސުވާލުކުރުމުން ފިރިހެންމީހާ ބުނީ އެއީ ހުރިހާ ކަންކަން "މެޗްވޭތޯ" ބަލައިލަން ކަމަށެވެ.  
އެހިސާބުން އަންހެން މީހާ ސުވާލެއް ކުރިއެވެ. "މެޗް ނުވެއްޖިއްޔާ" ވާނީ ކިހިނެއް ހެއްޔެވެ؟ ފިރިހެން މީހާގެ ޖަވާބަކަށްވީ "މެޗްވާނެކަން" ޔަޤީނެވެ.  
އެހިސާބުން އަންހެން މީހާ އިތުރު ސުވާލެއް ކުރިއެވެ. "މެޗްވާނެކަން" ޔަޤީންވާއިރު ފާފަކޮށް ކައިވެނީގެ ބަރަކާތް ކަނޑާލަން ބޭނުންވަނީ ކީއްވެގެން ހެއްޔެވެ؟ ލަނޑެއްދޭން ނޫނީ ކީއްކުރަން ހެއްޔެވެ؟  
އަދިވެސް ބުންޏެވެ. "ވަރަށް ރަނގަޅު މީހަކަށް ހެދިގެން އެކުވެރިއއަކަށް ތިއައުޅުނީ އަހުރެންގެ ޢިއްފަތްތެރިކަން ނަގާލައި ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާ އަޅުންގެ ތެރޭގައި ހިމެނުނަ ނުދޭންތާއެވެ! ޢުމުރަށް ވައްސަލާނެވެ!" އެހިސާބުން އަންހެން މީހާ އެފިރިހެންމީހާ އާއި ދުވަހަކުވެސް ވާހަކަ ނުދައްކަން ނިންމައި ނަންބަރުވެސް ބްލޮކްކޮށްލީއެވެ.  
ކިޔުންތެރިޔާ މިހާރު ވަނީ ކައިވެނިކޮށްފައެވެ. ދަރިއަކުވެސް ލިބިފައެވެ. އޭނާ ބުނީ އޭނާގެ ފިރިމީހާއަކީ ތަޤްވާވެރި މެދުމިނުގެ ތަނަވަސްކަންހުރި މީހެއް ކަމަށާއި ގެންގުޅެނީވެސް ވަރަށް ލޯބިން ކަމަށެވެ. އެހެންކަމުން އެނގިގެން މިދަނީ ޢިއްފަތްތެރިކަން ނަގާނުލައި ރައްކައުތެރިކުރުމުން ދެއްވަވާ އުފާވެރިކަން މާބޮޑުވާނެ ކަމެވެ. އިން ޝާ ﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ