ޖިނާއީ މައްސަލަތަކުގެ ލިޔެކިއުންތައް ނައްތާނުލާން ފުލުހުންނަށް އަންގައިފި
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ހުއްދަ ނެތި ޖިނާއީ މައްސަލަތަކުގެ ލިޔެކިޔުންތައް ނައްތާނުލަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފުލުހުންނަށް އަންގައިފި އެވެ.'ފޮލިސް ރެކޯޑް ބެެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު' ބުނާ ގޮތުން، ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތަކާއި އެއްކުރާ ލިޔެކިޔުންތައް، ކަނޑައެޅޭ ނިޒާމުގެ ތެރެއިން ރައްކާކޮށް، ބަލަހައްޓަންވާނެ އެވެ.ޖިނާއީ ބޮޑު ކުށެއް ހިމެނޭ މައްސަަލައެއް ނަމަ، އަށް އަހަރުދުވަހަށް އަދި އެ ނޫން މައްސަލަތަކުގެ ލިޔެކިއުންތައް މަދުވެގެން ތިން އަހަރު ދުވަަހަށް ބަހައްޓަންޖެހޭނެ ކަމަށް މި ގަވާއިދު ބުނެ އެވެ. އެކަމަކު ޖިނާއީ މައްސަލަތަކުގެ ތަހުގީގު ނިމި ދައުވާ އުފުލޭ މިންވަަަަރަށް ހެކި ލިބިފައިނުވާ ނަމަ ނުވަތަ ދައުވާ ނުކުރެވޭނެ ކަމަށް ޕީޖީން ނިންމައިފި ނަމަ، އަހަރުދުވަސް ތެރޭ އެ މައްސަލައެއްގެ ލިޔެކިއުންތައް ނައްތާލެވޭ ގޮތަށް މި ގަވާއިދު މިދިޔަ އަންގާރަ ދުވަހު ވަނީ އިސްލާހުކޮށްފަ އެވެ.އެކަމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ދައުވާ ނުކުރަން ނިންމާ މައްސަލަތަކުގެ ލިޔުންތައް އެހެން މައްސަލަތަކާ ގުޅިގެން ބޭނުން ކުރެވޭނެ ހާލަތްތަކެއް ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ކަމަށެވެ.އެހެންވެ، ދައުވާ ނުކުރަން ނިންމައި މައްސަލަތަކުގެ ލިޔުންތައް ނައްތާލުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އިރުޝާދެއް ތަހުގީގީ އިދާރާތަކަށް ފޮނުވަން ތައްޔާރުވަމުން އަންނަ ކަމަށް އެ ބަޔާނުގައިވެ އެވެ.އެހެންކަމުން އެ އިރުޝާދު ފުލުހުންނާ ހިއްސާ ކުރެވެންދެން ޖިނާއީ އެއްވެސް މައްސަލައެއްގެ ލިޔުމެއްގެ އަސްލު ނައްތާނުލަން ފުލުހުންނަށް މިއަދު އަންގާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ