ބާރުވެރި 15 އަންހެނެއްގެ އަގު ވަޒަންކޮށް، އެވޯޑު ދީފި

ބާރުވެރި އަދި ތަފާތު އެކި މަސައްކަތް ކުރުމުގައި ހުނަރުވެރި 15 މީހަކަށް ރެހެންދި އެވޯޑު ރޭ ދީފި އެވެ.
ވީ ކިހިނެއް؟- ބާސެލޯ ނަސަންދުރާ ހޮޓަލުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ރޭ އެވޯޑު ދީފައިވަނީ، މިދިޔަ އަހަރުގެ އެވޯޑު ލިބުނު ފަސް މީހަކާއި މި އަހަރުގެ އެވޯޑު ލިބުނު 10 މީހަކަށެވެ.
އެވޯޑު ހަވާލު ކުރެއްވީ، ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.
މި އަހަރުގެ އެވޯޑަށް 28 މީހަކު ކުރިމަތިލި އެވެ. އޭގެތެރެއިން ހަތަރު ދާއިރާއަކުން އެވޯޑު ހާސިލް ކުރި 10 މީހުންނަކީ:
އިޖްތިމާއީގޮތުން ބާރުވެރިކުރުވުގެ ދާއިރާއިން:
ސުރައްޔާ އިބްރާހިމް، ތ. ކިނބިދޫ
އާއިޝަތު ހުސެއިން، ގއ. ކަނޑުހުޅުދޫ
އައިމިނަތު އާދަމްކޮއި، ދަފްތަރު 2823
ޑރ. ރުހުޝާނާ އާދަމް ، މ. ހުދުކާނޭޝަން
ސަމީނާ އިބްރާހިމް، ތ. ވިލުފުށި
ސަފާތު އަހުމަދު ޒާހިރު، ހުޅުމާލެ ގޯތި 10228
ލީޑާޝިޕް އަދި ގަވަނެންސްގެ ދާއިރާއިން:
އައިމިނަތު ރީމާ ރަޝީދު، ހ. ލައިޓްސްޓާ
އައިމިނަތު ސޫޒަން، ހ. ފަހަމަ
އިގްތިސޯދީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ:
އައިޝަތު ވަހީދާ، ސ. ފޭދޫ
އާއްމުކޮށް އަންހެން ކޮށް ނޫޅޭ މަސައްކަތުގެ ދާއިރާއިން:
ޒަހިއްޔާ މުހައްމަދު، އއ. އުކުޅަސް
މިދިޔަ އަހަރުގެ އެވޯޑަށް 22 މީހަކު ކުރިމަތިލި އިރު، އޭގެ ތެރެއިން އެވޯޑު ލިބުނީ:
އިޖްތިމާއީގޮތުން ބާރުވެރިކުރުވުގެ ދާއިރާއިން:
މަރިޔަމް އިނާޝާ، މާވިން
މަރިޔަމް މުރުޝިދާ، ތ. ވިލުފުށި
އަސްމާ ހަސަން، މ. ޕިންކްފްލާވާ
އައިޝަތު ތޯއިފާ، ހދ. ކުޅުދުއްފުށި
ވިމެންސް އެންހޭންސްމަންޓް ޖަމިއްޔާ، ލ. ފޮނަދޫ
ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވަނީ އަންހެނުން ބާރުވެރިކުރުވުމުގެ މުހިއްމުކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. އެގޮތުން މިހާރު ވެސް ގިނަ އަންހެނުން، ސަރުކާރުގެ މުހިއްމު މަގާމުތަކާއި ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުންދާކަން ފާހަގަ ކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި:
ސަރުކާރުގެ ކުންފުނިތަކުން ބޯޑަށް އައްޔަން ކުރާ އަންހެނުންގެ އަދަދު މިހާރު ވަނީ %27 އަށް އިތުރުވެފައި
އޭގެ އިތުރުން، ސަރުކާރުގެ ކުންފުނިތައް ކަމަށްވާ އާސަންދަ އާއި އެންސްޕާ އާއި ސީއެމްޑީއޭ އާއި އެމްއޭސީއެލް ފަދަ ކުންފުނިތަކުގެ މަތީ މަގާމުތަކުގައި ވެސް ތިއްބެވީ އަންހެނުން ކަމަށް 
އަދި އިގުތިސޯދީ ގޮތުން އަންހެނުން ބާރުވެރި ކުރުވައި، އެކަމުގެ އިސް ސަފުގައި ހަރަކާތްތެރިވާ އަންހެނުންގެ އަދަދު ވެސް އިތުރުވަމުން އަންނަ ކަމަށް ވިދާޅުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ