މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، އުތުރަށް ވައިޓު އެލާޓު

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މެޓު އޮފީހުން ވައިޓު އެލާޓު ނެރެފިއެވެ.
މެޓު އޮފީހުން ވައިޓު އެލާޓު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށެވެ.
އެއީ މިއަދު މެންދުރު 14:50އިން ފެށިގެން މިރޭ 20:50އަށެވެ.
މެޓުން ބުނީ، އެ ސަރަޙައްދަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރަމީ އެކަށީގެންވާ ކަމަށެވެ.
މޫސުމާ ބެހޭ މިފަދަ އިންޒާރުތަކަށް ސަމާލުވެ، ކަމާ ބެހޭ އިދާރާތަކުން ނެރޭ އިރުޝާދުތަކަށް އަމަލުކުރުމަކީ އެދެވިގެންވާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ