އުރީދޫ ކަލަންޑަރުން ނޮވެންބަރު: ދޮން ހިޔަލައާއި ވާހަކަދައްކާލަމާ!

މި
ނޮވެމްބަރ މަހު އުރީދޫ މޯލްޑިވްސްގެ ކަލަންޑަރު އަދި އޭ.އައި ޗެޓްބޮޓުން
ބައްދަލުކުރާނީ ދޮން ހިޔަލައެވެ.
ދޮން ހިޔަލަ އަކީ އާދަޔާ ޚިލާފު ރީތިކަމެއް ލިބިފައިވާ ފަތްމިންޏެކެވެ. އޭނާގެ މައިންބަފައިން ގެންގުޅުނީ އެމީހުންގެ ރަށް ބުރުނީގައި ފޮރުވައިގެންނެވެ. ނަމަވެސް ހުޅުދެލީގެ ހިތްވަރުގަދަ ޒުވާނެއް ކަމަށްވާ އަލީ ފުޅު އޭނާ ދެކެ ވަރަށް ލޯބިވެއެވެ. ހުރިހާ ގޮންޖެހުމަކާ އެކު އެ ދެ މީހުން ކައިވެނި ކުރެ އެވެ. ނަމަވެސް އެމީހުންގެ އުފާވެރިކަމާ ލޯބި ފެނިފައި ރަސްގެފާނު ޙަސަދަވެރިވިއެވެ. އަދި ދޮން ހިޔަލައާއި އަލިފުޅުގެ ލޯތްބާއި މިނިވަންކަމަށް ބޮޑު އިމްތިހާނެއް ކުރިމަތިވިއެވެ.
އުރީދޫ
މޯލްޑިވްސްގެ 2025 ވަނަ އަހަރުގެ ކަލަންޑަރުގެ ބިނާ ކުރެވިފައިވަނީ ދިވެހި ފޯކްލޯރ
ވާހަކަ ތަކުގެ އެކި ޝަހްސިއްޔަތުތަކަށެވެ. "ފޫޅުދިގު ހަންޑި"އާއި "ސަފަރު ކަތްދަ" ފަދަ 12 ކެރެކްޓަރ މި ކަލަންޑަރުގައި ހިމެނެއެވެ. ޒަމާނުއްސުރެ އަޑުއަހަމުން އައި މިވާހަކަތަކަކީ ދިވެހިންގެ ސަގާފަތާއި ތަރިކައިގެ މުހިންމު ބަޔެކެވެ.
އެހެންކަމުން އުރީދޫއިން މިވަނީ އޭއައި މެދުވެރިކޮށް މި ޝަހުސިއަޔްތުތަކާ
ވާހަކަ ދެކެވޭ ގޮތް ފަހިކޮށްދީފައެވެ. އެޑްވާންސް އޭއައި ޗެޓްބޮޓް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރު މި އައިކޮނިކް ކެރެކްޓާތަކާ ސީދާ ވާހަކަދައްކާލެވޭނެއެވެ. ކޮންމެ ކެރެކްޓާއަކުން ވެސް ވާހަކަތައް ހިއްސާކޮށް، ސުވާލުތަކަށް ޖަވާބު ދީ، އެ މީހުންގެ ދުނިޔެއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ، މީގެ ކުރިން ހީވެސް ނުކުރާ ފަދަ ގޮތަކަށް ފޯކްލޯރ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އެހެންކަމުން އުރީދޫ ކަލަންޑަރުގެ ނޮވެންބަރު މަހުގެ ޕޭޖްގައި އިންނަ ކިއުއާރުކޯޑް ސްކޭންކޮށްލުމާއެކު، ދޮންހިޔަލައާއި ޗެޓްކޮށްލުމަށް ޗެޓް ބޮކްސްއަށް ޕޭޖަށް ދެވޭނެއެވެ. ދިވެހިބަހުންވެސް ދޮންހިޔަލައާއި ޗެޓްކޮށްލައި ބޭނުންވާ ސުވާލުތައް ކުރެވޭނެއެވެ. އުރީދޫއިން މި ހިދުމަތް ފަރުމާކޮށްފައިވަނީ ހުރިހާ އުމުރަކާއި ގުޅޭނެހެން، ކުޑަކުދިންވެސް ނިކަން ޝައުގުވެރިވާނެ ގޮތަކަށެވެ. 
މިއީ ދިވެހި ތަރިކަ ހިމާޔަތްކޮށް، އިހުގެ ވާހަކަތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބައްދަލުކޮށް، މާނަހުރި ގުޅުމެއް އުފައްދައި، ޓެކްނޮލޮޖީ
ބޭނުންކޮށްގެން ޖީލުތަކުގެ މެދުގައި ގުޅުންދަމަހައްޓާ
ޑިޖިޓަލް މޯލްޑިވްސް އެއް ބިނާކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ
މުހިންމު ބޮޅެކެވެ.
މި ކަލަންޑަރުގައި ކޮންމެ މަހަކު ވެސް ކަސްޓަމަރުން ޗެޓް ކުރުމަށް އާ ކެރެކްޓާއެއް އަންލޮކް ވެގެންދާނެއެވެ. އެގޮތުން މި ކަލަންޑަރުގައި ހިމެނޭ ކެރެކްޓާތަކުގެ ތެރޭގައި، މާކުންބެ، ހަންޑިގަނޑުވަރު ދޮންކަމަނަ، ސަންތިމަރިޔަނބު، އޮޑިތާން ކަލޭގެ، ބަޑިއެދުރު އަދި ސަފަރުކަތްދަ ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ