ސިފައިންގެ ފެމެލީ އެސޯސިއޭޝަން (ސިފަމާ) ގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "ސިފަމާ ފަން ރަން 2026" ގެ ތިން ކިލޯމީޓަރު ދުވުމާއި ފަސްކިލޯމީޓަރު ދުވުން މިއަދު ހަވީރު ބާއްވާތީ، ހުޅުމާލެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފިއިވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
ދިވެހި ފުލުހުންފެ އިދާރާ އިން ހިއްސާކޮށްފައިވާ ޗާޓުން ދައްކާގޮތުން، އެ އިވެންޓް ކުރިޔަށްދާ ސަރަހައްދުކަމުގައި ވާ ހުޅުމާލެ ސިންތެޓިކްޓްރެކާއި، ސެންޓަރަލް ޕާކް ސަރަހައްދުގެ ވަށައިގެންވާ ބައެއް މަގު ބަންދު ކުރެއެވެ. އަދި ބައެއްމަގު އެއްކޮޅަށް ދުއްވާގޮތަށް ބަދަލު ގެނެއެވެ. އެގޮތުން ބަންދު ކުރުމަށް ނިންމާފައިވަނީ ކުރެދިމާހިނގުން، ހައިވަކަރުމަގު އަދި ސައިމާ ހިނގުމެވެ. މީގެ އިތުރުން އެއްކޮޅަށް ދުއްވާގޮތަށް ބަދަލު ގެންނަނީ ރީތި ގަސްމަގު،ހިތިގަސްމަގު އަދިފިތުރޯނު މަގެވެ.
ސިފަމާ ރަން 2026' ކުރިޔަށްދާ ވަގުތުތަކުގައި ޓެރެފިކް އަށް އަންނަ ބަދަލުތައް..
މި ބަދަލު ދެމިގެންދާނީ މިއަދު ހަވީރު 15:30އިން ފެށިގެން އިވެންޓް ނިމެންދެން، ކަމަށާއި، އެވަގުތުތަކުގައި މަގު ބޭނުންކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް، ފުލުންހުން ވަނީ މައާފަށް އެދިފައެވެ.
"ސިފަމާ ފަން ރަން' އަކީ ސިފައިންގެ އާއިލާތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ ގޮތުން އާންމުންނަށް ވެސް ބައިވެރިވެވޭގޮތަށް، އަންމުކޮށް ހުޅުވާލެވިގެން ބާއްވާ ހަރަކާތެކެވެ. އެގޮތުން މިއީ މިހަރަކާތް ބާއްވާ ދެވަނަ އަހަރެވެ. ފުރަތަމަ މި ހަރަކާތް ބޭއްވީ މިދިޔައަހަރުއެވެ. މި ހަރަކާތުގައި ދުވުމުގެ އިތުރުން ގިނަ ގޭމްސްތަކެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ "ސިފަމާ ފަން ރަން" ޚާއްސަކޮށްފައި ވަނީ ދުނިޔޭގެ އަންހެނުންގެ ދުވަހާއި ކުޑަކުދިންގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ބާއްވާ ޚާއްސަ އިވެންޓެއްގެ ގޮތުގައެވެ.
"ސިފަމާ ފަން ރަން 2026" އިވެންޓްތަކާއި ގުޅިގެން މިއަދު ހަވީރު ހުޅުމާލޭގެ ބައެއްމަގުތަކުގެ ޓްރެފިކް ފުލޯއަށް ބަދަލުތަކެއް ގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ