ސައީދު ވިދާޅުވީ އިގްތިސާދީ އަދި ތަރައްގީގެ ކަންކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅުއްވައިގެން ހަލުވިކަމާއެކު މަސައްކަތް ކުރިއަށްގެންދިއުން ކަމަށެވެ.
އެގޮތުން އައްޑޫ ސިޓީއަކީ މި މަސައްކަތުގެ ފެށުން ކަމަށާއި، މި ބިޒްނަސް ޑައިލޮގަކީ ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި އައްޑޫގެ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ޑައިލޮގްގެ ތެރެއިން އައްޑޫގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމުން އަރައިގަތުމަށް ކުރެވޭނެ ކަންކަން ހިމެނޭ ކަރުދާހެއް އެކުލަވާލާނެއެވެ.
މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ މި މަސައްކަތްތައް ކާމިޔާބުކުރެވޭނީ ސަރުކާރުގެ އިތުރުން ސިޓީ ކައުންސިލާއި، މުއައްސަސާތަކާއި ވިޔަފާރިވެރިންގެ ފުރިހަމަ ބައިވެރިވުން ލިބިގެން ކަމަށެވެ. އައްޑޫގައި މި ފެށުނު މަޝްރޫއަކީ ސަރުކާރުން 2040 ވަނަ އަހަރަށް ރާއްޖެއަކީ ތަރައްގީވެފައިވާ ޤައުމަކަށް ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް ކުރިއަށްގެންދާ ޕައިލެޓް ޕްރޮޖެކްޓެކެވެ.
ފިކުރު ތަފާތުވިއަސް ތަރައްގީގެ ކަންކަމުގައި މަސައްކަތް ކުރަންވާނީ ގުޅިގެން: ސައީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ