އިންޑިއާ، ނޭޕާލް، ލަންކާ އަދި ބަންގްލަދޭޝްގައި ދެ މަސްދުވަހުގެ ތެރޭގައި ބައި މިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރަން ފަށާފައިވާ 'ޒެކްޓާ' ރާއްޖެއަށް ތައާރަފުކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ. 'ސޮފްޓާ ޓެކްނޮލޮޖީސް' އިން މުޅި ދެކުނު އޭޝިއާއަށް މި ޕްލެޓްފޯމް ފުޅާކުރަމުން އަންނައިރު، މިއީ އަމިއްލަ މައުލޫމާތުގެ ރައްކާތެރިކަމާއި ޑޭޓާގެ ސަލާމަތާ އަދި އާއިލާގެ އެންމެންނަށް ބޭނުންކުރެވޭ ފަދަ ރައްކާތެރި މާހައުލެއްގައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރެވިދާނެތޯ ބެލުމަށް ކުރެވޭ ތަޖުރިބާއެކެވެ.
ދެކުނު އޭޝިއާގެ ޕްލެޓްފޯމްތަކުގެ މެދުގައި އޮތް ވާދަވެރިކަމުގައި ރާއްޖެ ވެގެންދާނީ މިކަން އެންމެ ބޮޑަށް ހާމަވެގެންދާނެ އެއް މާކެޓަށެވެ. ސޮފްޓާގެ ދަށުން އުފައްދާފައިވާ، އަމިއްލަ މައުލޫމާތުގެ ރައްކާތެރިކަމަށް އިސްކަންދޭ އިންޑިއާގެ މި ޕްލެޓްފޯމްގެ ބީޓާ ޓެސްޓިން މަރުހަލާގައި ފާއިތުވި ދެ މަސްދުވަހު ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، އޭގެ ތެރޭގައި ގިނައީ ޒުވާނުންނާއި އަންހެނުންނެވެ. މިހާރު މި ޕްލެޓްފޯމް ޕާކިސްތާން، ބޫޓާން އަދި ރާއްޖެއަށް ފުޅާކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
އެއް ގޮތަކުން ބަލާއިރު މިއީ މުހިންމު ބަދަލެކެވެ. ސޮފްޓާ ޓެކްނޮލޮޖީސްއަށް ރާއްޖެއަކީ ހަމައެކަނި ޗާޓުގައި އޮތް މަންޒިލެއް ނޫނެވެ. މިއީ އެހެން ގައުމުތަކުގައި މި ޕްލެޓްފޯމަށް ލިބުނު ތަރުހީބު، އިޖުތިމާއީ ގުޅުންތައް ބަދަހި، ކުޑަ މުޖުތަމައެއްގައި ހިފަހައްޓާލެވިދާނެތޯ ބަލާ އިމްތިހާނެކެވެ. މިފަދަ މުޖުތަމައުތަކުގައި އިތުބާރާއި އާއިލީ ހަމަޖެހުމަކީ ބޮޑެތި މާކެޓްތަކަށް ވުރެ މާ ބޮޑަށް ސަމާލުކަންދޭ ކަންކަމެވެ.
ގާތް ގުޅުންތަކެއް އޮންނަ މުޖުތަމައުތަކުގައި، ޑިޖިޓަލް މައިދާނުގައި ކުރެވޭ ކަންކަމުގެ އިޖުތިމާއީ ނަތީޖާ މާ ބޮޑެވެ. ޕްލެޓްފޯމްތައް މިނެކިރެނީ ހަމައެކަނި ބޭނުންކުރާ މީހުންގެ އަދަދަކުން ނޫނެވެ. އޭގެ ބަދަލުގައި، އެއީ އާއިލާ އާއި މުޖުތަމައުގެ ތެރޭގައި އަބުރަށް އުނިކަމެއް ނައިސް ހަމަޖެހިލައިގެން ބޭނުންކުރެވޭ އެއްޗެއްތޯ ބަލަ އެވެ. މިފަދަ މާހައުލެއްގައި، މީހުންގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންނުކުރާ، އިތުބާރު ހުރި ޕްލެޓްފޯމުތައް މުޖުތަމައުން ބަލައިގަނެވެ.
އާންމުކޮށް ބޭނުންކުރާ ސޯޝަލް މީޑިއާތަކާ ހިލާފަށް، ޒެކްޓާ ފަރުމާކޮށްފައިވަނީ ފެށުނީއްސުރެ އަމިއްލަ މައުލޫމާތާއި ޑޭޓާގެ ރައްކާތެރިކަމަށް އިސްކަންދީގެންނެވެ. މީގެ ތެރޭގައި މީހުންގެ އުޅުން ބަލާ 'ޓްރެކް' ނުކުރުމާއި، މަލްޓި-ލޭޔާ އެންކްރިޕްޝަން ފަދަ ވަސީލަތްތައް ހިމެނެ އެވެ. މީގެ މަގުސަދަކީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވައި، ޑިޖިޓަލް ދުނިޔޭގައި ކަރާމާތްތެރިކަމާ އެކު އުޅެވޭނެ މާހައުލެއް ގާއިމުކުރުމެވެ.
ކުންފުނީގެ މައިގަނޑު މަގްސަދަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ޒަމާނުގައި ހަމައެކަނި އަމިއްލަ މައުލޫމާތު ސިއްރުކުރުމުން ނުފުދޭ ކަމެވެ. ޑޭޓާގެ ސަލާމަތްތެރިކަން މިއަދު މާ މުހިންމެވެ. މީހަކު އޭނާގެ މައުލޫމާތު ފެންނާނެ މީހުން ކަނޑައެޅި ނަމަވެސް، އެ މައުލޫމާތު ކޮޕީކޮށް، ބަދަލުކޮށް، ނުވަތަ ނަހަމަ ގޮތުގައި ބޭނުންކުރެވޭ ނަމަ އެ މީހަކީ ނުރައްކަލަށް ހުށަހެޅިފައިވާ މީހެކެވެ. އެހެންކަމުން ޒެކްޓާ އިން މަސައްކަތް ކުރަނީ ޑިޖިޓަލް މައިދާނުގައި މީހުން ހިއްސާކުރާ ތަކެތި ނަހަމަ ގޮތުގައި ބޭނުންކުރުން އުނދަގޫ ކުރުމަށެވެ.
އިޖުތިމާއީ ގުޅުންތައް ބަދަހި އަދި މީހުންގެ މައުލޫމާތު އަވަހަށް ފެތުރޭ ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމެއްގައި، ރައްކާތެރިކަން ކުޑަ ޕްލެޓްފޯމްތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު މާ ބޮޑެވެ. ކޮޕީކޮށްފައިވާ ފޮޓޯއެއް ނުވަތަ ވީޑިއޯއެއްގެ ސަބަބުން މީހެއްގެ މުޅި ދިރިއުޅުމަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ އެވެ. ރާއްޖެއަކީ މި ޓެސްޓަށް މުހިންމު މާކެޓަކަށް ވަނީ މިހެންވެ އެވެ. ރައްކާތެރިކަމަށް އިސްކަންދޭ މި ޕްލެޓްފޯމް ރާއްޖޭގައި ކާމިޔާބުވެއްޖެ ނަމަ، މުޅި ދެކުނު އޭޝިއާގައި މި މޮޑެލް މަސައްކަތްކުރާނެކަން ސާބިތުވާނެ އެވެ.
ޒުވާނުންނާއި އަންހެނުން މި ޕްލެޓްފޯމަށް ދޭ ތަރުހީބަކީ މުހިންމު ސިގްނަލެކެވެ. ދެކުނު އޭޝިއާގައި ޕްލެޓްފޯމެއްގެ މަގުބޫލުކަން ކަނޑައަޅަނީ ޒުވާނުންނެވެ. އަންހެނުންގެ ތަރުހީބަކީ ސްޓްރެޓީޖިކް ގޮތުން ބަލާއިރު ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ ތައުލީމާއި ވިޔަފާރިއާ އަދި އިޖުތިމާއީ އެކި ކަންކަމުގައި އަންހެނުންނަކީ ބޮޑު ދައުރެއް އަދާކުރާ ބަޔަކަށް ވީއިރު، ރައްކާތެރިކަމާ އެކު މިފަދަ ކަންކަން ކުރެވޭނެ މާހައުލެއް ލިބުމަކީ މާކެޓަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.
ޒެކްޓާއަކީ ހަމައެކަނި ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ނޫނެވެ. މިއީ މުއާސަލާތާއި ވިސްނުންތެރި އާޓިފިޝަލް އިންޓެލިޖެންސް އަދި ހިދުމަތްތައް ގުޅުވައިދޭ ބޮޑު ނިޒާމެއްގެ ބައެކެވެ. މި ކުންފުނީގެ ވިޔަފާރީގެ ފަލްސަފާއަކީ އިތުބާރަކީ ހަމައެކަނި ޝިއާރެއް ނޫން ކަމަށާއި، އެއީ މުޅި ނިޒާމުގެ ބިންގާ ކަމުގައި ހެދުމެވެ. މިއީ މުހިންމު ކަމެކެވެ. ސަބަބަކީ ދެކުނު އޭޝިއާގައި ކުދި ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ މީހުންނަށް ބޭނުންވަނީ މުޅި ގައުމަށް މަޝްހޫރުވުމެއް ނޫނެވެ. އެ މީހުންނަށް ބޭނުންވަނީ އިތުބާރު ހުރި ގޮތެއްގައި ކައިރި މާހައުލުން ކަސްޓަމަރުންނާ ގުޅުން ބަދަހިކުރުމެވެ.
ސޮފްޓާ ޓެކްނޮލޮޖީސްއިން ބުނާ ގޮތުގައި، މި ނިޒާމު ބިނާކޮށްފައިވަނީ އެއްވެސް ބޭރުގެ އިންވެސްޓްމަންޓެއް ނުވަތަ ލޯނެއް ނެތި އަމިއްލައަށެވެ. މިއީ މިނިވަންކަމާ އެކު މަސައްކަތްކުރުމަށް އެ ކުންފުނިން ގެންގުޅޭ އުސޫލެކެވެ. އެ ކުންފުނީގެ ބާނީ ސުނިލް ކުމާރު ސިންގްގެ ވިސްނުމަކީ ޒިންމާދާރުކަމާ އެކު ޑޭޓާ ރައްކާތެރިކޮށް، މީހުންގެ ހައްގުތަކަށް އިސްކަންދޭ އިންޖީނިއަރިން މޮޑެލްއެއް ކުރިއަށް ނެރުމެވެ.
ރާއްޖެއަށް އޮތް ސުވާލަކީ، ދިވެހިން މި ޕްލެޓްފޯމް ބަލައިގަންނާނީ ހަމައެކަނި އާ އެޕެއްގެ ގޮތުގައިތޯ ނުވަތަ ތަފާތު ރައްކާތެރި ނިޒާމެއްގެ ގޮތުގައިތޯ އެވެ. ސޮފްޓާގެ އުންމީދަކީ ދެކުނު އޭޝިއާގެ ޑިޖިޓަލް އިގްތިސާދުގައި އިތުބާރަކީ އެންމެ މުހިންމު ބަހާ ކަމުގައި ހެދުމެވެ. މިކަން ކާމިޔާބުވެއްޖެ ނަމަ، ޒެކްޓާ ވެގެންދާނީ ހަމައެކަނި އެޕަކަށް ނޫނެވެ. އެއީ ދެކުނު އޭޝިއާގެ ޑިޖިޓަލް މުސްތަގުބަލު ބަދަލުކޮށްލާނެ ބޮޑު ނިޒާމަކަށެވެ.
އިންޑިއާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމަކުން ރާއްޖޭގައި ޒާތީ މައުލޫމާތަށް ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދޭން ތައްޔާރުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ