އެމްޑީޕީގެ ”ފިކުރެއްގެ ދިރުން“ އާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސަން އައިލެންޑް ރިސޯޓުގައެވެ،
މިއީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންއާއިއެކު ކުރިއަށްދާ ސިލްސިލާ ބައްދަލުކުރުންތަކުގެ ތެރެއިން ކުރިއަށްދާ ބައްދަލުވުމެއްކަމަށް ޖުމްހޫރީ ޕާޓީއިން ވަނީ ބުނެފައެވެ.
މި ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ބައިވެރިވެވަޑައިގެންފައިވާއިރު، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް އާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވަނީ ”ފިކުރެއްގެ ދިރުން“ ފަރާތުން ބައިވެރިވެވަޑައިގެންފައެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ ޕާޓީގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދާއި، އަދި ސްޕެޝަލް އެޑްވައިޒަރ ރިޔާޒް ރަޝީދުގެ އިތުރުން އަހުމަދު ނިހާންއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއަށް ފަހު، ރައީސް ނަޝީދު ފާޅުގައި ނިކުމެ މަސައްކަތް ކުރައްވަމުން ގެންދަވަނީ ސަރުކާރާއި ދެކޮޅަށެވެ. އެއީ އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި ރައްޔިތުން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކަށް ރައްޔިތުން ވޯޓު ދިން ސަބަބުތައް ރައީސް ސޯލިހަށް ދެމެހެއްޓިފައި ނުވާތީ އާއި ރައްޔިތުންނަށް ވީ ވައުދުތަކަށް އެއްވެސް އިހުތިރާމެއް ނެތްކަމަށް ވިދާޅުވެ އެވެ.
އެހެންވެ އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި ރައީސް ސޯލިހަށް ރައްޔިތުން ދެވަނަ ދައުރެއް ދޭން ބޭނުން ނުވެ އެވެ. ފިކުރެއްގެ ދިރުންގެ ނަމުގައި ވަކި ސިޔާސީ ހަރަކާތްތަކެއް ފައްޓަވައި ރައީސް ނަޝީދު މަސައްކަތް ކުރައްވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެބެ. އަދި އޭގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމަށް ތާއީދު ކުރައްވާއިރު، ކުނޫޒުގައި މަންދޫބުންގެ ތިން ބައްދަލުވުމެއް މިހާތަނަށް ވަނީ ބާއްވާފަ އެވެ.
ހުށަހެޅުންތަކާއި ތަފްސީލުތައް ދިނުމަށް، ކޮންމެ ބައްދަލުވުމަކަށް ފަހު ޖޭޕީއާއި ރައީސް ނަޝީދުގެ މަންދޫބުން ވެސް ދެކޮޅު ހައްދަވަ އެވެ. ބައެއް ނޫސްވެރިން ވަނީ ކުނޫޒުގައި ދެ ޕާޓީގެ މަޝްވަރާ މަންދޫބުންނާއި ވެސް ބައްދަލު ކުރައްވައި ރައީސް ނަޝީދަކީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ބޭނުންވާ ބޭފުޅެއްކަމާއި އެފަދަ ހުށަހެޅުމެއްގެ މަޝްވަރާ ކުރިޔަށް ދިޔަތޯ ސުވާލުވެސްކޮށްފަ އެވެ. ނަމަވެސް އޭރު އެކަމަށް އެބޭފުޅުން އެއްވެސް ޖަވާބެއް ނުދެއްވައި ވިދާޅުވީ، އެ މައުލޫމާތުތައް ހިއްސާ ކުރަން އަދި މާ އަވަސް ކަމަށެވެ.
“ދިވެހި ދައުލަތުގެ ސިފަތަކަށް ގެންނަން ޖެހޭ ބަދަލުތައް” ނަމުގައި ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ކަރުދާހެއްގެ ތަފްސީލުތައް މީޑިއާތަކުގައި ދަނީ ދައުރުވަމުންނެވެ. ހުށަހެޅުންތަކުގައި ވާގޮތުން ސެޕްޓެމްބަރު މަހުގެ 09 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކާމިޔާބީއަށް ފަހު ވެރިކަމުގެ ހުވާ ކުރުމާއި ދެމެދު ލިބޭ މުއްދަތުގައި ނިޒާމީ ވޯޓު ނަގަން ވާނެ އެވެ. އިންތިހާބަށް ފަހު، ވެރިކަމުގެ ހުވާ ކުރާ ތާރީހަކީ ނޮވެމްބަރު 17 އެވެ.
ވެރިކަމުގެ ނިޒާމުގެ ވޯޓުގެ ކުރިޔަށް ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތަކެއް ވެސް ހުރުމާއި އެކު ރައްޔިތުން ތާއީދު ކުރާ ނިޒާމަކީ ބަރުލަމާނީއަށް ވާ ހާލަތެއްގައި ގާނޫނު އަސާސީއަށް ބަދަލު ގެނެސް 2024 ގެ މަޖިލީހުގެ އިންތިހާބު އޭގެ ދަށުން ބޭއްވުމަށް ހުށަހެޅުންތަކުގައި ވެއެވެ.
ފިކުރެއްގެ ދިރުމާއި، ގާސިމް ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ