ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ މި އަހަރުގެ ދެވަނަ ޓާމްގެ ކޯސްތަކަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ މާދަމާކަން އެ ޔުނިވަސިޓީން ހަނދާންކޮށްދީފި އެވެ.
ވީ ކިހިނެއް؟ - އެމްއެންޔޫން އިއްޔެ ބުނި ގޮތުގައި، މި މަހު ފަސާ ކޯސްތަކަށް ހުށަހަޅާ ފޯމުތައް ބަލައިގަތުމުގެ އެންމެ ފަހު ތާރީހަކީ މާދަމާ މެންދުރު ފަހު 2 އެވެ.
ތަފްސީލް - އެމްއެންޔޫން ބުނީ:
މި މަހު ފަށާ ކޯސްތަކުން ޖާގަ ހުރި ކޯސްތަކުގެ ލިސްޓް އެ ޔުނިވަސިޓީގެ ވެބްސައިޓުގައި ޝާއިއުކުރާނެ
މި ލިސްޓަށް ބަދަލު އަންނަވަރަކުން އެ ޔުނިވަސިޓީގެ ވެބްސައިޓަށް ލާނެ
150އަށް ވުރެ ގިނަ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި
އެމްއެންޔޫގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް، މާދަމާ މެންދުރު ފަހު 2ގެ ކުރިން ކޯސްތަކަށް ފޯމު ބަލައިގަންނާނެ ކަމަށް އެމްއެންޔޫން ބުންޏެވެ.
އިތުރު މައުލޫމާތު:
އީމެއިލް - [email protected] އަށް މެއިލްކޮށްގެން
ވެބްސައިޓުން
ފޯނު - 3345155
އެމްއެންޔޫގެ އޮގަސްޓް ކޯސްތަކަށް ކުރިމަތިލުން މާދަމާ ހަމަވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ