މަޖިލިސް ފެށުމުގެ ކުރިން 13 މެމްބަރުންނަށް 2 ބިޔަރު ކޭސް، މުއިއްޒު އަންގައިގެން އަބްދުއްރަހީމް ހަމަ ޖައްސަ ދީފި! ދުވަހަކު މަޖިލީހުގައި ބަހެއް ބުނެފައި ނުވާ މެމްބަރުން މަޖިލީހުގައި ހަމަ ނުޖެހުން ހިންގަނީ ބިޔަރު ބޮއެގެން!

މިއަދު 1 ޖަހާއިރު މަޖިލީހުގައި މިނިސްޓަރުންނަށް ރުހުން ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ކަނޑަ އަޅާފައި ވަނިކޮށް ރިޝްވަތު ދީގެން ގަނެފައިވާ 13 މެމްބަރުންނަށް 2 ކޭސް ބިޔަރު މުއިއްޒު އަންގައިގެން އަބްދުއްރަހީމް ވަނީ ހަމަ ޖައްސަ ދީފައި ކަމަށް ދިޔަވަރު ނޫހަށް މިކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން ނަން ނުޖެހުމަށް އެދި ހާމަ ކޮށްދީފިއެވެ.
މަޖިލީހުގައި ދުވަހަކު ވާހަކަ ނުދައްކާ މެމްބަރުން ތަކެއް އިއްޔެ ނުކުމެ. މަޖިލީހުގެ ކަރާމަތާއި، ހަމަ ނުޖެހުން ނަގާލީ މަސްތުވެފައި ތިބެ ކަމަށް މައުލޫމާތު ލިބެއެވެ. އިއްޔެ ޤާސިމް އިބްރާހިމް މަޖިލީހަށް ވަޑައިގެންނެވީވެސް 4 ތަށި ވައިން ހިއްޕަވައިގެން ކަމަށާއި، މަސްތުވާތަކެތި ބޭނުން ކޮށްގެން މަސްތު ހާލުގައި ހުރުމުގެ ސަބަބުން ކަނޑިތީމުގެ ދާއިރާގެ މެމްބަރު ޝަހީމު ވަނީ އިއްޔެ ހައްދުން ނެއްޓިފައެވެ.
މި އަދު މަޖިލީހަށް ދިޔުމުގެ ކުރިން 13 މެމްބަރުން ވަނީ ކޮންމެ މެމްބަރަކު 2 ދަޅު ބިޔަރު ބެއެފައެވެ.
އަބްދުރަހީމުގެ ދަރިފުޅު ވަނީ މިއަދު ގޭންގު ތަކާއި އެކު ބައްދަލުވުން ބާއްވައި މަޖިލީހުގެ ދޮށުގައި ހަމަ ނުޖެހުން ހިންގުމަށްވެސް ރާވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ