އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް، މެރާލް އައިން ލަތީފް އާކޮށްފި އެވެ.
ކުރިއެރުން ހޯދަމުން އަންނަ ފެތުންތެރިޔާ، މެރާލް ގައުމީ ރެކޯޑް އާކުރީ މިހާރު ސިންގަޕޫރުގައި ކުރިއަށްދާ 22 ވަނަ ދުނިޔޭގެ ފެތުމުގެ މުބާރާތުގަ އެވެ.
އެ ގޮތުން، މެރާލް ގައުމީ ރެކޯޑް އާކުރީ 02:44.34 އިން ރޭސް ނިންމައިގެންނެވެ. މި ރެކޯޑް މީގެ ކުރިން ވެސް އޮންނަނީ މެރާލް އަތުގަ އެވެ.
މި އަހަރު، ކުރީކޮޅު އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ ޑެވަން ކައުންޓީ ޗެމްޕިއަންޝިޕުގައި ވާދަކޮށް މެރާލް ގައުމީ ރެކޯޑު އޭރު ހެދީ 02:45.93 އިން ރޭސް ނިންމައިގެންނެވެ.
އޭގެ ކުރިން، އަންހެނުންގެ 200 މީޓަރު ފެތުމުގެ ގައުމީ ރެކޯޑް އޮތީ ތަޒްކިޔާ މިރުޝާދު (ތަޒްކީ) އަތުގަ އެވެ. ތަޒްކިޔާ، އެ ފަހަރު ރެކޯޑް ހެދީ ސްރީ ލަންކާގައި ކުރިއަށްދިޔަ ގައުމީ ނެޝަނަލް އެންޑް ޖޫނިއާ ނެޝަނަލް ލޯންގް ކޯސް ސްވިމިންގް ޗެމްޕިއަންޝިޕުގައި ވާދަކޮށެވެ. އޭނާ ރެކޯޑް ހެދީ 02:49.55 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.
މި ރެކޯޑްގެ އިތުރުން އަންހެނުންގެ 400 މީޓަރު ފެތުމުގެ ރެކޯޑް ވެސް އޮތީ މެރާލް އަތުގަ އެވެ.
ތަޒްކިޔާ އާއި މެރާލްގެ އިތުރުން ދެން، މި ފަހަރުގެ ދުނިޔޭގެ އެކުއަޓިކްސް މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބުނު ފެތުންތެރިންނަކީ އަމްނާ ތަޒްކިޔާ މިރުސާދު (ތަޒްކީ)، އާން ހުސައިން، މުހައްމަދު ރިހާން ޝިހާމް އަދި މެރާލް އައިން ލަތީފް އެވެ.
މެރާލް، 200 މީޓަރު ފެތުމުގެ ގައުމީ ރެކޯޑް އާކޮށްފި މެރާލް، 200 މީޓަރު ފެތުމުގެ ގައުމީ ރެކޯޑް އާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ