ރައީސްގެ ހާއްސަ މެޑަލް އާއި ހިދުމަތުގެ މެޑަލް ސިފައިންނާއި ފުލުހުންނަށް

ރައީސްގެ ހާއްސަ މެޑެލް ސިފައިންނާއި ފުލުހުންގެ ހަ އޮފިސަރަކަށް އަރުވައިފި އެވެ.މެޑަލް ދެއްވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ސިފައިންނާއި ފުލުހުންނާ ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.މިރަސްމިއްޔާތުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑަލް ސިފައިންގެ ތިން އޮފިސަރަކާއި ފުލުހުންގެ ތިން އޮފިސަރަކަށް ދެއްވާފަ އެވެ. މެޑަލް ލިބިވަޑައިގަތް ސިފައިންގެ ތިން އޮފިސަރުންނަކީ:* ވޮރެންޓް އޮފިސަ 2 އަބްދުﷲ ސާސަން* ސާޖަންޓް މޭޖާ އަޙުމަދު މުޖުތަބާ* ސާޖަންޓް ފަސްޓް ކްލާސް އަޙުމަދު އަލީއަދި ދިގު މުއްދަތުގެ ޚިދުމަތުގެ މެޑަލް ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ އިބްރާހިމާއި ބްރިގޭޑިއާ ޖެނެރަލް ޑރ. ހުސެއިން އިބްރާހިމަށް އަރުވާފައިވެ އެވެ.މެޑަލް ލިބިވަޑައިގަތް ފުލުހުންގެ ތިން އޮފިސަރުންނަކީ:* އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފް* އެސިސްޓެންޓް ކޮމިޝަނަރު އާސިމް އަބްދުﷲ* ޗީފް ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް އާދަމްމިއަދުގެ ރަސްމިއްޔާތުގައި ސިފައިންނާއި ފުލުހުންގެ މަތިވެރި ޚިދުމަތުގެ މެޑަލް 11 ބޭފުޅަކަށް އަރުވާފައިވެ އެވެ.ފުލުހުންގެ މަތިވެރި ހިދުމަތުގެ މެޑަލިޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު އަޒުހާންޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޖުތަމާ އަބްދުއްސައްތާރުސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މަރިޔަމް އަޒްމާސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ފަސީހުސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަލީ ފާއިޒްސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް ޒާހިރުޗީފް އިންސްޕެކްޓަ އޮފް ޕޮލިސް އިބްރާހިމް މުޙައްމަދުއިންސްޕެކްޓަ އޮފް ޕޮލިސް އާދަމް ޝިހާމްމި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑައްޔާއި، ސިފައިންގެ ހިދުމަތަށް ދިގުމުއްދަތެއްގައި ހިދުމަތް ކުރުމުގެ މެޑައްޔާއި، ސިފައިންނާއި ފުލުހުންގެ މަތިވެރި ހިދުމަތުގެ މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސަލާމަތީ ބާރުތަކުގެ އެންމެ އިސްވެރިޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި ވަނީ ޖުލައި 26، 1965 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ