ދިވެހި ސީރީޒް "ފެށުމާއި ނިމުން" ގެ ފިނާލޭ އެޕިސޯޑް ވީޑިއޯ ކްލަބަށް ދިވެހި ސީރީޒް "ފެށުމާއި ނިމުން" ގެ ފިނާލޭ އެޕިސޯޑް ވީޑިއޯ ކްލަބަށް

ޑާކްރެއިން އެންޓަޓެއިންމަންޓް އަދި މީޑިއާނެޓުގެ ވީޑިއޯކްލަބް ގުޅިގެން އެމް އޮރިޖިނަލްސް ބެނާގެ ދަށުން އުފައްދާފައިވާ ދިވެހި ލޯބީގެ ސީރީޒް "ފެށުމާއި ނިމުން" ގެ ފިނާލޭ އެޕިސޯޑު މީޑިއާނެޓުގެ ވީޑިއޯ ކްލަބަށް މިއަދު ރިލީޒްކޮށްފި އެވެ.
އެ ސީރީޒްގެ ތަރިންގެ ގޮތުގައި ފެނިގެންދަނީ ޝަރަފު އަބްދުﷲ (ޝަރައްޕެ) އަދި އައިމިނަތު ޝުހާ އެވެ. ޝަހުދާ މަހުމޫދުގެ ސްކްރިޕްޓަކަށް ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ފެށުމާއި ނިމުން ސީރީޒްގެ މުހިއްމު ރޯލުތަކުން މޫސާ އަލީފް، ހުސައިން ސާމީ، ދަރާ ރަޝީދު އަދި ފައިނާ ފެނިގެންދެ އެވެ.
މިއީ ލޯބީގެ ރީތި ވާހަކައެއްގެ މައްޗައް ތައްޔާރުކޮށްފައިވާ ސީރީޒްއެކެވެ. މިގޮތުން މުޅިން ތަފާތު މިޒާޖެއްގެ ދެ މީހެއްގެ މެދުގައި އުފެދޭ އެކުވެރިކަން ލޯތްބައް ބަދަލުވެ ގޮސް އުފާވެރި ޒަވާޖީ ހަޔާތެއްފަށާ ދިމާވާ ތަފާތު ކަންކަން މި ސީރީޒްއިން ފެނިގެންދެ އެވެ.
ސިއްހީ ހާލަތާއި، ޅަފުރައިގެ ޓްރައުމާ، އާއިލީ ދަރަނި އަދި މި ނޫންވެސް އެކިއެކި ހާލަތްތައް ދިމާވެ ދެމީހުން އެކަންކަމާއި ކެރިގެން ކުރިމަތިލާގޮތް މި ސީރީޒުން ފެނިގެންދެ އެވެ.
ދިވެހި އަމިއްލަ އުފެއްދުންތަކަށް ހާއްސަ އިސްކަމެއްދީގެން ވީޑިއޯކްލަބުން އަންނަނީ ގިނަ ދިވެހި ފިލްމާއި ސީރީޒް ބެލުންތެރިންނާއި ހަމައަށް ގެނެސްދެމުންނެވެ. މީޑިއާނެޓުގެ އެމްޓީވީ އެޕްލިކޭޝަން މެދުވެރިކޮށް ޓީވީން މަހަކު އެންމެ 100ރ. އަދި ފޯނުން މަހަކު އެންމެ 50ރ. އަށް ވީޑިއޯކްލަބްގައި ހިމެނޭ ހުރިހާ ކޮންޓެންޓްއެއް ބަލާލެވޭނެ އެވެ.
ފެށުމާއި ނިމުން ސީރީޒްގެ އިތުރުން ވެސް ގިނަ ދިވެހި އަމިއްލަ އުފެއްދުންތަކެއް މީޑިއާނެޓުގެ ވީޑިއޯކްލަބް މެދުވެރިކޮށް ބެލުންތެރިންނަށް ބެލެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ