ހުޅުމާލެ 3ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ނިމުމަކާއި ގާތަށް

ހުޅުމާލެ 3ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއިން ބުނެފިއެވެ.
މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބާ ގުޅޭގޮތުން އެމްއޭސީއެލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި މަސައްކަތުގެ ދަށުން މިހާތަނަށް 59 ހެކްޓަރު ހިއްކައި ނިންމާފައިވާ ކަަމަށެވެ. އެއީ މުޅި މަޝްރޫޢުގެ %94 ހެކްޓަރެވެ.
މި މަޝްރޫއުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވަނީ ޖުމުލަ 63 ހެކްޓަރުގެ ބިމެވެ. 
އެމްއޭސީއެލް އިން ބުނީ މި މަޝްރޫއުގެ މަސައްކަތް 'ޕްރިންސް ޑަރ ނެޑަރލަންޑަން' އަދި 'އޮރަންޖޭ' ނަމަކަށް ކިޔުނު 2 ޑްރެޖަރުގެ އެހީގައި ހަލުވިކަމާއި އެކު ކުރަމުން އަންނަ ކަމަށެވެ. 
ކުރިއަށް އޮތް ހަފްތާއެެްހާ ދުވަސް ތެރޭގައި ބިން ހިއްކުމުގެ މި މަސައްކަތް ނިންމާލުމަކީ ސަރުކާރުގެ އަމާޒެވެ. ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތަކީ 2023 ވަނަ އަހަރުގެ އޮކްޓޫބަރުމަހު ފެށި މަސައްކަތެކެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު، އަލުން ބާރުސްޕީޑުގައި ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ