މެއިންޓެނަންސް މަސައްކަތަކަށް މިރޭ ބީއެމްއެލްގެ ހިދުމަތްތައް މެދުކެނޑިދާނެ ލ. އަތޮޅުގެ ހުރިހާ ރަށެއްގައި ބީއެމްއެލްއިން އޭޓީއެމްގެ ހިދުމަތް ގާއިމްކުރަނީ ޕިންކް ރިބަން ރަން-ވޯކް ބާއްވައިފި ބީއެމްއެލްއިން އިންޑިއަން ރުޕީ އެކައުންޓް ހުޅުވޭނެ ގޮތް ހަމަޖައްސައ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް ހާއްސަކޮށްގެން “އިސްލާމިކް މައިކްރޯ ފައިނޭންސިން” ގެ ނަމުގައި އާ ސްކީމެއް ތައާރަފުކޮށްފި އެވެ. މިއީ މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސިން އިނިޝިއޭޓިވް (މިސްފީ) ގެ ދަށުން ދޫކުރާ، ރާއްޖޭގައި މިވަގުތު އެންމެ ކުޑަ ރޭޓުގައި ފައިސާ ލިބޭނެ ސްކީމެވެ.
މި ސްކީމުގެ ދަށުން އާ ވިޔަފާރިތަކަށާއި ކުދި ވިޔަފާރިތަކަށް 100،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ފައިސާ ދޫކުރަނީ އަހަރަކަށް 2.5 ޕަސަންޓުގެ ރޭޓުގަ އެވެ. ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ފުރުސަތު ދިނުމުގެ ގޮތުން ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭއިރު، ފުރަތަމަ 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ވެސް ލިބޭނެ އެވެ. އަދި މި ލޯނަށް އެދޭއިރު އެޕްލިކޭޝަން ނުވަތަ ޕްރޮސެސިން ފީއެއްގެ ގޮތުގައި އެއްވެސް ފީއެއް ނުނަގާނެ އެވެ.
މި ފައިނޭންސިން ހާއްސަކޮށްފައި ވަނީ މާލީ ނިޒާމުގެ ތެރެއިން އެހީތެރިކަން ހޯދުމަށް ދަތިވެފައިވާ ފަރާތްތަކަށާއި، އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަން ބޭނުންވާ މީހުންނަށެވެ. މިއީ މީގެ ކުރިން މާލީ އިދާރާއަކުން ލޯނެއް ނުވަތަ މާލީ އެހީއެއް ލިބިފައިނުވާ ފަރާތްތަކަށް އިސްކަންދީގެން ދޫކުރާ އެއްޗެކެވެ. މީގެ މައިގަނޑު މަގުސަދަކީ ނުރަސްމީކޮށް ހިންގާ ވިޔަފާރިތައް މާލީ ނިޒާމުގެ ތެރެއަށް ވައްދައި ގުޅުން ބަދަހިކުރުމެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ މިއީ ބޭންކުތަކުން ފައިނޭންސިން ހޯދުމަށް ޝަރުތު ހަމަނުވާ ފަރާތްތަކަށް ފުރުސަތުތައް ފަހިކޮށްދީ، ހުރިހާ އެންމެން ބައިވެރިވާ މާލީ ނިޒާމެއް ބައްޓަންކުރުމަށް ފެށި މަސައްކަތެއް ކަމަށެވެ.
“މި ފައިނޭންސިންގެ ސަބަބުން އަލަށް ފަށާ ވިޔަފާރިތައް އިތުރުވެ، އަދި މިހާރު ވެސް ގޭތެރޭގައާއި އަމިއްލައަށް ހިންގާ ކުދި ވިޔަފާރިތަކަށް ރަސްމީ ހައިސިއްޔަތެއް ލިބި، ހަރުދަނާކަމާއެކު ކުރިއަށް ދިއުމަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ،” ބަދުރުއްދީން ވިދާޅުވި އެވެ. މި ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު އެސްއެމްއީ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ