އައްޑޫ ފޭދޫން ގެއްލުނު 19 އަހަރުގެ އަންހެން މީހާ ފެނިއްޖެ
އައްޑޫ ސިޓީ، ފޭދޫއިން 19 އަހަރުގެ އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށް އޭނާ ހޯދުމުގެ މަސައްކަތް ފެށިކަން އިއުލާނުކުރިތާ މާ ގިނައިރެއް ނުވެ އެ މީހާ ފެނިއްޖެ އެވެ.ގެއްލިގެން ހޯދީ އެ ރަށު ހަމްދަރުދީގެ، ހައްވާ ރާއިދާ މުނީރު، 19، އެވެ.އޭނާ ގެއްލިގެން ފުލުހަށް ރިޕޯޓު ކުރީ އިއްޔެ މެންދުރު އެވެ. ފުލުހުން އޭނާ ހޯދަން އާންމުންގެ އެހީތެރިކަމަށް އެދުނީ ރެ އެވެ.ފުލުހުން މިރޭ ބުނީ ގެއްލިގެން ހޯދަމުންދިޔަ ރާއިދާ މިހާރު ފެނިފައިވާ ކަމަށެވެ.ރާއިދާ ފެނިފައިވަނީ އޭނާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ އާންމުންގެ ބަޔަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.ފެނުނު އިރު ހާލު ރަނގަޅު ކަމެއް ނުވަަތަ ނޫން ކަމެއް ފުލުހުން ނުބުނެ އެވެ.ގެއްލިގެން މިފަދައިން ރިޕޯޓުކުުރުމާއެކު މަދު ފަހަރެއްގައި ނޫނީ، ވަރަށް އަވަހަށް އެ ފަދަ މީހުން ފެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ