ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށާއި، ދުންފަތް ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި މަސައްކަތްކުރާ ފަރުދުންނާއި ޖަމިއްޔާތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ހާއްސަ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހުޅުވާލައިފިއެވެ.
މިއީ ކޮންމެ އަހަރެއްގެ މެއި މަހުގެ 31 ވަނަ ދުވަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ފާހަގަކުރާ "ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ" ގުޅުވައިގެން ދިނުމަށް ނިންމާފައިވާ އެވޯޑުތަކެކެވެ. ރާއްޖޭގައިވެސް ފާހަގަކުރާ މި ދުވަހުގެ މިއަހަރުގެ ޝިއާރަކީ "އޮޅުވާލުންތައް ހާމަކޮށްދީ ދުންފަތާއި ނިކޮޓިން އިން ރައްކާތެރި ކުރުން" އެވެ.
އެޗްޕީއޭއިން ކުރި އިއުލާނެއްގައި ބުނީ "ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް" ދިނުމުގެ މައިގަނޑު ބޭނުމަކީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވާ މީހުންނާއި ޖަމިއްޔާތަކުން ކުރާ މަސައްކަތްތައް ބަލައިގަނެ، އެ މަސައްކަތުގައި ދެމިތިބުމަށް ހިތްވަރު ދިނުން ކަމަށެވެ.
އެގޮތުން ދުންފަތުގެ ނުރައްކަލުން މުޖުތަމައު ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރުދުންނާއި، މަދަނީ ޖަމިއްޔާތަކާއި، އެކި އިދާރާތަކަށް މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައިކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެ އެވޯޑުތަކަކީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ މީހުންނާއި ޖަމިއްޔާތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމަށާއި އެ މަސައްކަތުގައި ދެމި ތިބުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ދޭ އެވޯޑްތަކެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެ އެވޯޑުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ޖޫން މަހުގެ ދެވަނަ ދުވަސްކަމަށް އެޗްޕީއޭއިން ބުންޏެވެ.
ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކަށް އެވޯޑެއް ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ