ޗާގޯސްގެ ބެލެނިވެރިކަން ރާއްޖެއަށް ލިބުމުގެ ފުރުސަތު ނުގެއްލޭ: ނަޝީދު
ޗާގޯސް ރަށްތައް މޮރިޝަސްއަށް ދިނުމުގެ ބިލަށް ވޯޓުދިނުން ފަސްކުރުމަށް އިނގިރޭސިވިލާތުން ނިންމުމާ އެކު، މިއީ ފޯޅަހި ހޯދުމަށް ލިބޭ ފުރުސަތެއްކަން ހާމަވާ ބީދައިން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފި އެވެ.އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ފޯޅަވަހި ހިމެނޭ ޗާގޯސް ޖަޒީރާތައް މޮރިޝަސްއަށް ދިނުމުގެ ބިލް އިނގިރޭސި ވަތިގޭ ކަމަށްވާ ހައުސް އޮފް ލޯޑްސް ގެ ވޯޓަށް ތައްޔާރުވެފައިވަނިކޮށް ބިލަށް ވޯޓު ދިނުން ފަސްކޮށްފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ފޯޅަވަހީގެ ސިޔާދަތީ ބެލެނެވެރިކަން ރާއްޖެއަށް ލިބުމުގެ ފުރުސަތު އަދި ގެއްލިގެން ނުދާ ކަމަށް ނަޝީދު ވިދާޅުވި އެވެ."މިހާރު ވާނީ ރަސްމީ ސިޓީތަކެއްގެ ޒަރީއާއިން އިނގިރޭސި ސަރުކާރަށް މި މައްސަލަ ހުށަހަޅައި އަޅުގަނޑުމެންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައި. އެ މަޝްވަރާތަކުގެ ތަފްސީލު މިވަގުތު ހާމަކުރެވެން ނެތް ނަމަވެސް، ފޯޅަވަހީގެ ސިޔާދަތީ ބާރުގެ މައްޗަށް އެންމެ ވަރުގަދަ ދައުވާއެއް ކުރެވެން އޮތީ ރާއްޖެއަށް ކަމުގެ ފުރިހަމަ އިތުބާރު އަޅުގަނޑަށް އެބަ އޮތް." ރައީސް ނަޝީދު ވިދާޅުވި އެވެ.ނަޝީދު މިހެން ވިދާޅުވިއިރު، ޗާގޯސް ލިބުން އެންމެ ހައްގު ގައުމަކީ ރާއްޖެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު، އިނގިރޭސިވިލާތުގެ "އެކްސްޕްރެސް" ނޫހަށް މިދިޔަ ބުދަ ދުވަހު ދެއްވި ބަސްދީގަތުމެއްގައި ވަނީ ވިދާޅުވެފަ އެވެ.މޮރިޝަސްއަށް ޗާގޯސް ދޫކޮށްލުމާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕު ވެސް ވަނީ ވާހަކަ ދައްކަވާފަ އެވެ. އެއީ އިނިގިރޭސިން ކުރާ މޮޔަކަމެއްގެ ގޮތުގައި ޓްރަމްޕު ސިފަކުރެއްވި އެވެ.މުއިއްޒު މިގޮތަށް ވިދާޅުވެފައިވީ ނަމަވެސް އިނގިރޭސި ސަރުކާރުގެ ތަރުޖަމާނު ވަނީ މޮރިޝަސްއާއެކު ވެފައިވާ އެއްބަސްވުމަށް އިނގިރޭސި ސަރުކާރުން އަމަލުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.ފާހަގަކޮށްލެވޭ ގޮތުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރްޓީއައި) ގެ ދަށުން ލޯޔަރު އަހުމަދު މައުރޫފް، އެޓާނީ ޖެނެރަލް އޮފީސް (އޭޖީ) އިން ޗާގޯސްއާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބުދެމުން އެ އޮފީހުން ބުނީ އެތަނުގެ މިލްކުވެރިކަން ހޯދުމަށް ރަސްމީކޮށް ދައުވާކުރަން ސަރުކާރުން ނިންމިކަން މިހާތަނަށް ނޭގޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ