އީރާނަށް ބޮން އަޅަންދާ އެމެރިކާގެ ބޯޓުތަކަށް ސްޕެއިންގެ ވައިގެ ސަރަހައްދު ބަންދުކޮށްފި

އީރާނަށް ދޭ ހަމަލާތަކުގައި ބައިވެރިވާ އެމެރިކާގެ މަތިންދާބޯޓުތަކަށް ސްޕެއިންގެ ވައިގެ ސަރަހައްދު ބަންދުކޮށްފި އެވެ.
ސްޕެއިންގެ ޑިފެންސް މިނިސްޓަރު މާގަރީޓާ ރޮބެލްސް ވިދާޅުވީ، އެގޮތަށް ނިންމީ ދެ ގައުމު ގުޅިގެން ހިންގާ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ނުދިނުމަށްފަހު އެޅި އިތުރު ފިޔަވަޅެއް ކަމަށެވެ. އަދި މިކަން ފެށުނީޢްސުރެ އެމެރިކާ ސަރުކާރަށް ސާފުކޮށްދީފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
”މޮރޯން އަދި ރޯޓާ [އަސްކަރީ މަރުކަޒުތައް] އީރާނު ހަނގުރާމައާ ގުޅުންހުރި އެއްވެސް ކަމަކަށް ބޭނުންކުރުމުގެ ހުއްދައެއް އަޅުގަނޑުމެން ނުދޭނަން،“ ރޮބްލެސް ވިދާޅުވި އެވެ.
ސްޕެއިންގެ ފޮރިން މިނިސްޓަރު ހޯސޭ މެނުއަލް އަލްބަރޭޒް ވިދާޅުވީ، މި ނިންމުމުގެ މަގުސަދަކީ އީރާން ހަނގުރާމަ އިތުރަށް ފުޅާވެގެންދާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދިނުން ކަމަށެވެ.
ސްޕެއިންގެ މި ފިޔަވަޅާ ގުޅިގެން އެމެރިކާ އިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް، އީރާން ހަނގުރާމައާ ދެކޮޅަށް ސްޕެއިނުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން، އެ ގައުމާ ދެކޮޅަށް ފުރިހަމަ ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ވަނީ ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ