ލޯކަލް ކައުންސިލް އިންތިހާބާއި ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ރިފަރެންޑަމް ވޯޓަށް ތިން ދުވަހަށް ވެފައި ވަނިކޮށް ފުލުހުންގެ މުސާރަ ބޮޑުކޮށްފި އެވެ.
އަދަދު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މުސާރަ ބޮޑުވެފައިވާ ކަމަށް ބުނެ އެ އިދާރާއިން ސާކިއުލާއެއް ނެރުނީ މިއަދު އެވެ. އެ ސާކިއުލާގެ ކޮޕީއެއް ލިބިފައިވާއިރު މުސާރަ ބޮޑުކުރަނީ މަގާމުގެ އެލަވަންސް ދެވަނަ ހަރުފަތަށް ބަދަލުކޮށްގެންނެވެ.
"މަގާމުގެ އެލަވަންސް ދެވަނަ ހަރުފަތަށް ޔުނީފޯމު ފުލުހުން ބަދަލުކުރުމުގައި އަމަލުކުރަމުންދާނީ، އެ ފުލުހަކު ހުރި ރޭންކާއި ގްރޭޑުގައި ދެ އަހަރު ހަމަވެ، މުވައްޒަފުންގެ ހިދުމަތުގައި ފެންވަރު ވަޒަންކުރުމުގެ ނިޒާމުން ވިދިވިދިގެން ދެ އަހަރު ދުވަހުގެ ނަތީޖާ އެވެރެޖު 75 އިންސައްތައަށްވުރެ މަތިން ފާސްވެފައިވާ ފަރާތްތައް ބަދަލުކުރާ ގޮތަށް،" އެ ސާކިއުލާގައި ބުނެފައިވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ކުރިން ގެނެސްފައި އޮތް ބަދަލެއް ނަމަވެސް އެ ބަދަލާ އެއްގޮތަށް މުސާރަ ދިނުމުގެ ކަންކަން އެ އިދާރާއިން ތަންފީޒު ކުރަމުން ނުދެ އެވެ. މި ބަދަލު މި ގެނައީ މި މަހުގެ މުސާރަ ފުލުހުންނަށް ޖަމާކުރަމުން ދަނިކޮށެވެ.
މަގާމުގެ އެލަވަންސް އިތުރުކޮށްގެން ފުލުހުންގެ މުސާރަ ބޮޑުކުރި ނަމަވެސް ވަކިވަކި ރޭންކުތަކުގެ ފުލުހުންނަށް އިތުރަށް ލިބެނީ ކިހާ ފައިސާއެއް ކަމެއް މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެ އެވެ.
މާޗު 2024، ގައި ފުލުހުންގެ މުސާރަ 35 ޕަސެންޓު ބޮޑުކުރި އެވެ. އެއީ އީ 2009 ގެ ފަހުން އަސާސީ މުސާރައާއެކު ފުލުހުންގެ މުސާރަ ބޮޑުކުރި ފުރަތަމަ ފަހަރެވެ. އޭރު މުސާރަ ބޮޑުކުރިއިރު އާ މުސާރައިގެ އޮނިގަނޑުގައި ހިމެނީ އަސާސީ މުސާރައިގެ އިތުރުން މަގާމުގެ އެލަވަންސާއި ޖޮބް އެލަވަންސާއި ކުރާ މަސައްކަތާއި ގުޅޭގޮތުން ދެވޭ އެލަވަންސެކެވެ.
ފުލުހުންނަށް މިހާރު ލިބެނީ މަގާމުގެ އެލަވަންސާއި ސާވިސް އެލަވަންސާއި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ދާއިރާ އާއި ކުރާ މަސައްކަތަށް ބިނާކޮށް އަލަށް ތައާރަފުކުރާ ޕޮލިސް އެލަވަންސެވެ.
އިންތިހާބާ ދިމާކޮށް ފުލުހުންގެ މުސާރަ ބޮޑުކޮށްފި އިންތިހާބާ ދިމާކޮށް ފުލުހުންގެ މުސާރަ ބޮޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ