ރާއްޖޭގެ އެންމެ ރަނގަޅު ފިކްސްޑް ނެޓްވޯކް އެވޯޑު އުރީދޫއަށް ދިނީ ކަސްޓަމަރުން: ނިޔާޒު

އުރީދޫ މޯލްޑިވްސް އިން ފިކްސްޑް ބްރޯޑްބޭންޑްގެ ދާއިރާގައި އެ ކުންފުނި ހޯދަމުން އަންނަ ކުރިއެރުން ދަމަހައްޓައި، އެ ކުންފުނީގެ ސުޕަނެޓް ހިދުމަތަކީ ރާއްޖޭގެ އެންމެ ރަނގަޅު ފިކްސްޑް ނެޓްވޯކްގެ ގޮތުގައި ކަނޑައަޅައި އޫކްލާ ސްޕީޑްޓެސްޓިން ވަނީ އެވޯޑް ދީފަ އެވެ.މި ކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، ނެޓްވޯކެއްގެ ފެންވަރު ކަނޑައެޅުމުގައި އެންމެ މުހިންމީ ހިދުމަތުގެ ދެމެހެއްޓެނިވިކަމާއި އިތުބާރު ކަމަށެވެ."ހިދުމަތުގެ ދެމެހެއްޓެނިވިކަމާއި އިތުބާރަކީ ނެޓްވޯކެއްގެ ފެންވަރު ދައްކުވައިދޭ އެންމެ މުހިންމު ސިފަ. އަޅުގަނޑުމެންގެ އަމާޒަކީ މަސައްކަތާއި ތައުލީމުން ފެށިގެން ގޭމިން އަދި މުނިފޫހިފިލުވުމުގެ ކަންކަމާ ހަމައަށް ކަސްޓަމަރުންނަށް ފުރިހަމައަށް ބަރޯސާވެވޭނެ ނެޓްވޯކެއް ފޯރުކޮށްދިނުން." ނިޔާޒް ވިދާޅުވި އެވެ. ނިޔާޒް ވިދާޅުވީ މި ލިބުނު ފަހުރުވެރި ކާމިޔާބީއަކީ ކަސްޓަމަރުންގެ އިތުބާރާއި ވަފާތެރިކަމުގެ ނަތީޖާއެއް ކަމަށެވެ.ޑިޖިޓަލް ގުޅުމަކީ ދިރިއުޅުމުގެ ކޮންމެހެން ބޭނުންތެރި ބަޔަކަށް ވެފައިވާއިރު، އުރީދޫ މޯލްޑިވްސްއިން އަމާޒު ހިފާފައިވަނީ ކަސްޓަމަރުންގެ ދުވަހުގެ މަސައްކަތްތަކަށް އެހީތެރިވެދޭނެ ނެޓްވޯކެއް ބިނާކުރުމަށެވެ.ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކާއި، އޮންލައިންކޮށް ކިޔަވާ ދަރިވަރުންނާއި، ގޭމް ކުޅޭ ފަރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ހިދުމަތްތައް ހޯދާ އާއިލާތަކަށް ވެސް ސުޕަނެޓް މެދުވެރިކޮށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދަނީ ފޯރުކޮށްދެމުންނެވެ.ސުޕަނެޓް ތަރައްގީކޮށްފައިވަނީ ޑިޖިޓަލް މުޖުތަމައެއްގެ ބޭނުންތަކަށް ފެތޭގޮތަށް، އިންފްރާސްޓްރަކްޗާއަށް ކުރަމުން އަންނަ އިންވެސްޓްމަންޓްތަކާއި ނެޓްވޯކް އޮޕްޓިމައިޒޭޝަންގެ ސަބަބުން ހަލުވި އަދި ހަމަޖެހޭ ޚިދުމަތެއް ފޯރުކޮށްދޭ ގޮތަށެވެ.ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިދުމަތް ފޯރުކޮށްދިނުމަކީ އީޖާދީ މަސައްކަތްތަކާއި ހިތްވަރެއް ބޭނުންވާ ކަމަކަށްވާއިރު، އުރީދޫ މޯލްޑިވްސްގެ ނެޓްވޯކް ސްޓްރެޓެޖީ ބިނާވެފައިވަނީ އެ ކަންކަމުގެ މައްޗަށެވެ.ސުޕަނެޓް މެދުވެރިކޮށް، ރާއްޖޭގެ ފިކްސްޑް ބްރޯޑްބޭންޑްގެ މިންގަނޑުތައް އެ ކުންފުނިން ދަނީ ކަނޑައަޅަމުންނެވެ. އެގޮތުން، ކަސްޓަމަރުންނަށް އެންމެ މުހިންމު ކަންކަމާ ގުޅިފައި ތިބުމުގެ ފުރުސަތު އެ ކުންފުނިން ކަށަވަރުކޮށްދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ