ބޭންކް އޮފް މޯލްޑިވްސްގެ އަމިއްލަ ޑިޖިޓަލް ވޮލެޓް ސްވައިޕްގެ ލިމިޓެޑް ރިލީޒްއަށް ރެޖިސްޓްރޭޝަން ހުޅުވާލައިފިއެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލުން ބުނީ، ސްވައިޕް ލިމިޓެޑް
ރިލީޒްގައި އެ ހިދުމަތް ބޭނުންކުރުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓަރވާ ފުރަތަމަ 5،000 ކަސްޓަމަރުންނަށެވެ.
ރަޖިސްޓަރވުމަށްފަހު ކަސްޓަމަރުންނަށް
ސްވައިޕްގެ ފީޗަރތައް ބޭނުންކުރެވޭނެކަން ފާހަގަކުރަމުން ބީއެމްއެލުން ބުނީ، ޕަރސަން-ޓު-ޕަރސަން ޓްރާންސްފަރތަކާއި
ކިއުއާރް މެދުވެރިކޮށް ކުރެވޭ ފައިސާގެ މުއާމަލާތްތަކާއި ސްވައިޕް މެދުވެރިކޮށް ހޭދަކުރެވޭ
ގޮތުގެ އިންސައިޓްސް ބަލައިލެވޭނޭކަމަށެވެ.
މީގެ އިތުރުން ޕޭމަންޓް ލިންކް ފޮނުވައި، ފަސޭހަކަމާއެކު
ޓޮޕްއަޕްކޮށް، ވޮލެޓްގައި ހުރި ފައިސާ ބީއެމްއެލް
އެކައުންޓަށް އަނބުރާ ފޮނުވޭނޭކަމަށެވެ. ސްވައިޕް ފަރުމާކޮށްފައިވަނީ
ރާއްޖޭގެ ރެގިއުލޭޓަރީ މިންގަނޑުތަކާއި އިންޓަރނޭޝަނަލް ޕޭމަންޓް ސްޓޭންޑާޑްތަކާ އެއްގޮތަށެވެ. ބީއެމްއެލުން ބުނީ މަލްޓި-ކަރަންސީ ވޮލެޓެއްގެ ގޮތުގައި ބޭނުންކުރެވޭ ސްވައިޕް ޓޮޕްއަޕް ކުރުމަށް އެ ބޭންކުގެ އެކައުންޓްތަކާއި ކޮންމެ ކްރެޑިޓް އަދި ޑެބިޓް ކާޑެއްވެސް ބޭނުންކުރެވޭނޭކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ބުނާގޮތުން އެ ބޭންކުގެ އަމާޒަކީ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި، ސްވައިޕްގެ ޚިދުމަތްތައް ރާއްޖެއިން ބޭރަށް ފުޅާކުރުމެވެ. މިގޮތުން އެ ކުއާޓަރުގައި، ބީއެމްއެލް އިން ދުނިޔޭގެ މަގުބޫލު ޕޭމަންޓް ނެޓްވޯކްތަކާ ގުޅިގެން ސްވައިޕް މެދުވެރިކޮށް ދިވެހީންނަށް ރާއްޖެއިން ބޭރުން ފައިސާ ގެނެވޭނެ ގޮތް ހަމަޖައްސައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދިވެހި ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ ގޮތާއި ދިވެހީންނަށް ރާއްޖެއިން ބޭރުގައި ފައިސާ ދެއްކުމުގެ ނިޒާމު ހަމަޖެހިގެންދާނެ ކަމަށް ބީއެމްއެލުން ވަނީ މީގެ ކުރިން ބުނެފައެވެ.
ބީއެމްއެލުން ސްވައިޕްގެ ލިމިޓެޑް ރިލީޒްއަށް ރެޖިސްޓްރޭޝަން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ