ހިމަންދޫއަށް މަސްތުވާތަކެތި އެތެރެ ކުރި ބިދޭސީއަކު ހައްޔަރު ކޮށްފި

އއ. ހިމަންދޫއަށް މަސްތުވާތަކެތި ގެންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ ބަންގްލަދޭޝް އަށް ނިސްބަތްވާ މުހައްމަދު މައިނުއްދީން، 35، ކަމަށެވެ. އޭނާ ހައްޔަރުކުރީ މި މަހުގެ 22 ވަނަ ދުވަހުއެވެ. ފުލުހުން ބުނި ގޮތުގައި މައިނުއްދީން ހައްޔަރުކުރީ ހިމަންދޫ ބަނދަރު ސަރަހައްދުންނެވެ.
އަދި އޭނާ ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 20 ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން މައިނުއްދީންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 7 ދުވަސް ޖަހާފައިވެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ