މިނިސްޓަރު އަމީން ވިދާޅުވީ، އައްޑޫ ސިޓީއަކީ ރާއްޖޭގެ އެހެން ރަށްތަކާ އަޅާބަލާއިރު އާބާދީގެ ގޮތުން ބޮޑު ސަރަޙައްދަކަށް ވެފައި، އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގައި އެ ސިޓީގެ ރައްޔިތުންނަށް ޓެކްސީ ހޯދުމުގެ ދަތިތަކާ ކުރިމަތިލާންޖެހޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"ރައީސް އަޅުގަނޑުމެންނަށް ދީފައިވާ އިރުޝާދާއެކީގަ މާލޭން ބޭރުގަ އެއީ އައްޑުއަތޮޅުގަވެސް މިފަދަ މުހިންމު ޚިދުމަތަކަށް މިހާރު ބޭނުންވެފަވާތީ އަޅުގަނޑުމެން އެ މަސައްކަތް އެބަ ކުރަމުން ގެންދަމު. އިރާދަކުރެއްވިއްޔާ މާލޭގަ މި ޚިދުމަތް އިފްތިތާޙްކުރެވުނު ފެންވަރުގަ ވަރަށް އަވަހަށް މިއަހަރުތެރޭގައި އައްޑޫސިޓީގައި ޓެކްސީ ލައިނެއް ޤާއިމްވެގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުން ފަށާ މި ޓެކްސީ ލައިންގެ ޚިދުމަތާއެކު، މުޅި ދަތުރުފަތުރުގެ ނިޒާމަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ޓެކްސީ ލައިންގެ ހިދުމަތް މި އަހަރު އައްޑޫގައި ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ