އިސްލާމިކް މިނިސްޓްރީން މައުލޫމާތު ހާމަކުރަން ބޮޑު އިސްކަމެއްދޭ

އިސްލާމިކް މިނިސްޓްރީއަކީ މައުލޫމާތު ހާމަކުރުމަށް ނުހަނު ބޮޑު އިސްކަމެއްދޭ އިދާރާއެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު އަލީ ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)ގެ އަޑުއެހުމަކަށް ހާޒިރުނުވެގެން އެ މިނިސްޓްރީ 700 ރުފިޔާއިން މިއަދު ޖޫރިމަނާކޮށްފައި ވަނިކޮށެވެ.
އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ އިސްލާމިކް މިނިސްޓްރީއަކީ މައުލޫމާތު ހާމަކުރުމަށް ނުހަނު ބޮޑު އިސްކަމެއްދޭ އަދި އެކަމާ ގުޅިގެން ހެދިފައިވާ އެންމެހައި ޤާނޫނުތަކަށް އިޙުތިރާމްކުރާ އިދާރާއެއް ކަމަށެވެ. އަދި މިހާތަނަށް ވެސް މިނިސްޓްރީއަށް ހުށަހެޅެމުންދާ އެންމެހައި ހުށަހެޅުންތަކަށް ޤާނޫނުގައިވާ ގޮތުގެ މަތިން ޖަވާބުދެމުންދާ ވުޒާރާއެއް ކަމަށާއި އިސްލާމިކް މިނިސްޓްރީ އަކީ މީޑިއާއާ ނުހަނު ގާތްކަން ބާއްވާ ވުޒާރާއެއް ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ 2024 އަދި 2025 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީ އަށް ހުށަހެޅުނު އާރުޓީއައިތަކުގެ ތަފާސްހިސާބު ވެސް ހިއްސާ ކުރައްވައިފަ އެވެ.
އެގޮތުން:
2024 ވަނަ އަހަރު
60 އާރުޓީއައި ލިބުނު
އެ ހުރިހާ ހުށަހެޅުމަކަށް ވަނީ ޖަވާބު ދީފައި
2025 ވަނަ އަހަރު
41 އާރުޓީއައި ލިބުނު
33 ހުށަހެޅުމަށް ވަނީ ޖަވާބު ދީފައި
8 އާރުޓީއައި އަށް ޖަވާބު ނުދެވި އޮތީ އިންފޮމޭޝަން އޮފިސަރު ވަކިވުމާއި ގުޅިގެން، އެކަމަށް ހައްލު ހޯދުމަށް އިދާރީ ގޮތުން މަސައްކަތް ކުރަމުން އެބަދޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ