އަންނަ އޮގަސްޓުގައި ފަށާ ދިރާސީ އަހަރާ އެކު ރާއްޖޭގެ ކޮންމެ އަތޮޅަކުން އެއް ސްކޫލުގައި ވޮކޭޝަނަލް އެޑިޔުކޭޝަން (މަސައްކަތް ދަސްކޮށްދޭ ލެބްތަކެއް) ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގެ ބައެއް ސްކޫލްތަކުގައި މަސައްކަތް ދަސްކޮށްދޭން މިހާރު ވެސް ލެބްތައް ގާއިމް ކޮށްފައި ހުރެ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ދިރާސީ އަހަރާ އެކު 28 ސްކޫލުގައި ވޮކޭޝަނަލް ތައުލީމް ދޭން ފަށާނެ ކަމަށެވެ. ކޮންމެ ސްކޫލެއްގައި ވެސް ވޮކޭޝަނަލް އެޑިޔުކޭޝަން ދަސްކޮށްދޭން ދެ ލެބް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކި ސްކޫލްތަކުގައި ހުންނާނީ އެކި ކަހަލަ ލެބް. މިސާލަކަށް ބައެއް ސްކޫލްތަކުގައި ކާޕެންޓްރީ ލެބެއް ހުރިއްޔާ އަނެއް ބައި ސްކޫލްގައި ހުންނާނީ އޭސީ ރިޕެއާ ލެބެއް. އަނެއް ސްކޫލްގައި ތަފާތު ލެބެއް." ރަޝީދު ވިދާޅުވި އެވެ.
އެނދު އަޅާނެ ގޮތް އިއްޒުއްދީން ސްކޫލްގެ ކުދިންތަކެއް ދަސްކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ | މިހާރު
- ހއ. އިހަވަންދޫ ސްކޫލް
- ހދ. ކުޅުދުއްފުށި، އަފީފުއްދީން ސްކޫލް
- ށ. ފުނަދޫ ސްކޫލް
- ނ. ހޮޅުދޫ، މޭނާ ސްކޫލް
- ރ. ހުޅުދުއްފާރު ސްކޫލް
- ބ. އޭދަފުށި، އަތޮޅު ތައުލީމީ މަރުކަޒު
- ޅ. ހިންނަވަރު، އަތޮޅު ތައުލީމީ މަރުކަޒު
- ކ. ކާށިދޫ ސްކޫލް
- އއ. އުކުޅަހު ސްކޫލް
- އދ. މަހިބަދޫ، އަތޮޅު ތައުލީމީ މަރުކަޒު
- ވ. ކެޔޮދޫ ސްކޫލް
- މ. މުލީ، އަތޮޅު ތައުލީމީ މަރުކަޒު
- ފ. ނިލަންދޫ، އަތޮޅު ތައުލީމީ މަރުކަޒު
- ދ. ކުޑަހުވަދޫ، އަތޮޅު ތައުލީމީ މަރުކަޒު
- ތ. ތިމަރަފުށި، އަތޮޅު ތައުލީމީ މަރުކަޒު
- ލ. ފޮނަދޫ، އަތޮޅު ތައުލީމީ މަރުކަޒު
- ގއ. ވިލިނގިލި، އަތޮޅު ތައުލީމީ މަރުކަޒު
- ގދ. ތިނަދޫ، އަތޮޅު ތައުލީމީ މަރުކަޒު
- ޏ. ފުވައްމުލަށް، އަތޮޅު ތައުލީމީ މަރުކަޒު
- ސ. ހިތަދޫ، ހިތަދޫ ސްކޫލް
- ސ. މީދޫ، އަތޮޅު ތައުލީމީ މަރުކަޒު
- ރެހެންދި ސްކޫލް
- ޖަމާލުއްދީން ސްކޫލް
- ކަލާފާނު ސްކޫލް
- މުހިއްދީން ސްކޫލް
- އަމީނިއްޔާ ސްކޫލް
- ތާޖުއްދީން ސްކޫލް
- މަޖީދިއްޔާ ސްކޫލް
މިނިސްޓްރީން ބުނީ މިހާރު ކުރަމުން އަންނަނީ އެކަމަށް ބޭނުންވާ ކޮންސަލްޓެންޓެއް ނެގުމަށް ފަހު ސިލަބަސް އަދި ހޭންޑްބުކް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށެވެ.
މިދިޔަ މަހު ރައްޔިތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ މީހުން ބިނާކުރުމުގެ މަސައްކަތަކީ ތައުލީމީ ދާއިރާގެ ތެރެއިން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
Izzuhdheen mulhin thafaathu, kiyavamun School gai masakkaiythah dhaskuranee!
The most trusted news source in the Maldives
Mihaaru
އެގޮތުން އެ ސްކޫލްތަކަކީ ފޮތުން ކިޔަވައިދޭ މާއްދާތަކާ އެއްގޮތަށް މަސައްކަތްތެރިކަން ދަސްކޮށްދިނުމަށް ކުރިއަށް ގެންދާނެ ކަމެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ކޮންމެ އަތޮޅަކުން އެއް ސްކޫލް މަސައްކަތް ދަސްކޮށްދޭން ހާއްސަކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ